ދެ ދުވަސް ފަހުން، ތިލަފުށީ ސައިޓެއްގައި މަސައްކަތް ކުރަނިކޮށް ގެއްލުނު ބިދޭސީ މީހާ ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން ބުނީ ތިލަފުށީ ސައިޓެއްގައި މަސައްކަތް ކުރާ ބިދޭސީއަކު މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން ގެއްލިފައިވާ މައްސަލައެއް ބުދަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެ މީހާ މަރުވެފައި އޮއްވައި ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.
އެހެން ނަމަވެސް އޭނާ ފެނުނީ ކޮންތަނަކުން ކަމެއް އަދި އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރައްވައެވެ.

































