ކޮންގްރެސް ޕާޓީގެ އަންހެނުންގެ ގޮފީގެ ހިންގާ ކޮމިޓީ އާއި ޕާޓީގެ ޒުވާނުންގެ ގޮފީގެ ހިންގާ ކޮމިޓީއަށް މެންބަރު ހޮވައިފި އެވެ.
އެ ޕާޓީން މިއަދު ވަނީ އެކަން ހާމަކޮށްފަ އެވެ. އެގޮތުން ބުނީ ކޮންގްރެސް ޕާޓީގެ ޒުވާނުންގެ ގޮފީގެ ހިންގާ ކޮމިޓީގެ މެންބަރު ކަމަށާއި ކޮންގްރެސް ޕާޓީގެ އަންހެނުންގެ ގޮފީގެ ހިންގާ ކޮމިޓީއަށް މެންބަރުން ހޮވާފައިވާ ކަމަށެވެ.

އެ ހުރިހާ މެންބަރުންނަށް ވަނީ މަރުހަބާ ކިޔާފަ އެވެ.
އަންހެނުންގެ ގޮފީގެ ރައީސާ އަކީ ހީނާ ވަލީދެވެ. ހީނާ އަކީ ރައީސް އޮފީހުގެ ތަރުޖަމާނެވެ. އަދި އެންސްޕާގެ ވެރިޔާ އެވެ.
ކޮންގްރެސްގެ އަންހެނުންގެ ގޮފީގެ ހިންގާ ކޮމެޓީގައި 15 މެންބަރުން ހިމެނެ އެވެ.

































