ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ކުޅުދުއްފުއްޓަށް ފުރާވަޑައިގެންފި އެވެ.
މިއަދު ހެނދުނު ފެއްޓެވި އެ ދަތުރުފުގައި އެ މަނިކުފާނާ އެކު ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ރައީސް އޮފީހުން ބުނީ ނައިބު ރައީސްގެ މި ދަތުރުފުޅަކީ މިއީ ”ހަށިހެޔޮ ރާއްޖެ“ ޕްރޮގްރާމް އިފްތިތާހުކޮށް ދެއްވަން ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
އެ ޕްރޮގުރާމަށް ލީޑަރުން ތަމްރީނުކުރުމަށްޓަކާ ހަ ޒޯނަކަށް ބަހާލައިގެން، ”ލީޑިން ލީޑާސް“ގެ ނަމުގައި ސްޕޯޓްސް މިނިސްޓްރީން ހޯމަ ދުވަހު ވަނީ ޕްރޮގުރާމެއް ވެސް ފަށައިފަ އެވެ.
މިއަދު ރަސްމީކޮށް އިފުތިތާހުކުރުމަށް ހަމަޖެހިފައިވާ ”ހަށިހެޔޮ ޕްރޮގްރާމް“ އަކީ ވެސް މޮޅެތި އެތުލީޓުން އުފެއްދުމާ ބެހޭ ދިގު ރާސްތާގެ ޕްރޮގްރާމް ފަރުމާކުރުމުގެ ސިޔާސަތުގެ ތެރެއިން ކުރިއަށް ގެންދާ ހަރަކާތެއްކަމަށް ރައީސް އޮފީހުން ބުނެއެވެ.

































