މެއިންޓަނެންސް މަސައްކަތެއް ކުރަން ޖެހިފައިވާތީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިދުމަތްތައް މިރޭ (ހުކުރު ދުވަހުގެރޭ) މެދު ކެނޑޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ބީއެމްއެލް ”އެކްސް“ ގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ މިރޭ މެންދަމު 1 އިން 4 އާ ދެމެދު، ގަޑިއެއް ހާއިރަށް ހިތުމަތްތައް މެދުކެނޑޭނެ ކަމަށެވެ.
އެގޮތުން އެ ބޭނުންކުގެ އިންޓަނެޓް ބޭންކިން، މޯބައިލް އެޕް، އޭޓީއެމް، ޕީއޯއެސް މެޝިން، ކާޑު، ޔޫއެސްޑީ ބުކިން ޕޯޓަލް، އަދި ޕޭމަންޓް ގޭޓްވޭގެ ހިދުމަތަށް ބުރޫއަރާނެކަމަށް އެ ބޭނުންކުން ވަނީ ހާމަކޮށްފައެވެ.
ބީއެމްއެލް އިން ހިދުމަތް އެއް ގަޑިއިރަށް ކަނޑާލާތީ ބީއެމްއެލް އިން ވަނީ ކަސްޓަމަރުންގެ ކިބައިން މާފަށް އެދިފައެވެ.

































