މިދިޔަ އަހަރުގެ ނިޔަލަށް ސިޔާސީ ޕާޓީތަކުގައި މެންބަރުން ތިބި އަދަދުގެ ތަފާސް ހިސާބު އިލެކްޝަންސް ކޮމިޝަނުން މިރޭ އާންމުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިރޭ ވަނީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނޭ ނުވަ ޕާޓީގައި މެންބަރުން ތިބި އަދަދު ހާމަކޮށްފަ އެވެ.
އެންމެ މެންބަރުން ގިނައީ ޕީއެންސީގަ އެވެ. ސަރުކާރު ހިންގާ ޕީއެންސީގައި 74،000 ވުރެ ގިނަ މެންބަރުން އެބަ ތިއްބެވެ. ދެން އެންމެ މެންބަރުން ގިނައީ އެމްޑީޕީގަ އެވެ. އެ ޕާޓީގައި 43،000 ވުރެ ގިނަ މެންބަރުން ތިއްބެވެ.
ދިހަ ހާސް މެންބަރުން ދެން ހަމަވަނީ ޖުމްހޫރީ ޕާޓީގަ އެވެ.
* ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ – 43,784
* ޢަދާލަތު ޕާޓީ – 8,267
* ޖުމްހޫރީ ޕާޓީ – 12,343
* މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް – 9,686
މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ – 1,710
* ޕީޕަލްސް ނެޝަނަލް ކޮންގްރެސް – 74,048
* މޯލްޑިވްސް ނެޝަނަލް ޕާޓީ – 5,133
* ދަ ޑިމޮކްރެޓްސް – 2,952
* ޕީޕަލްސް ނޭޝަނަލް ފްރަންޓް – 3,012
ދައުލަތުގެ ބަޖެޓުން މި އަހަރު ފައިސާ ލިބެނީ ޕީއެންސީއާ އެމްޑީޕީއާ ޖުމްހޫރީ ޕާޓީއާ އެމްޑީއޭ އަށެވެ. ނަމަވެސް މިހާރު އެމްޑީއޭގައި 10،000 ހަމައެއް ނުވެ އެވެ.

































