މި އަހަރުގެ ސްކޫލް ބޮޑު ޗުއްޓީގައި 7،000 އަށް ވުރެ ގިނަ މީހުން އުމްރާ އަށް ދާން ތައްޔާރުވެއްޖެ އެވެ.
މިކަން ފާހަގަ ކުރައްވައި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ޑިސެންބަރާއި ޖެނުއަރީގައި ޖަނަވަރީ ރާއްޖެއިން ޖުމްލަ 7،726 މީހުން ޢުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދާން ހަމަޖެހިފައިވާ ކަމަށެވެ.
އެންމެ ގިނަ އުމްރާވެރިން ފުރަން ހަމަޖެހިފައި ވަނީ މި މަހުގެ 28 ގަ އެވެ. އެ ދުވަހު އެކަނި ވެސް 1،049 ޢުމްރާވެރިން ފުރަން ހަމަޖެހިފައިވެ އެވެ.
ބޮޑު ބަންދާ ދިމާކޮށް އުމްރާ އަށް ދާ ރަތަމަ ގްރޫޕް މައްކާއަށް ފުރީ، މި މަހުގެ 21 ގަ އެވެ. އެ ދުވަހު 262 ޢުމްރާވެރިން ފުރާފައިވެއެ ވެ.
އަދިޑިސެންބަރު މަހާއި ޖަނަވަރީ މަހު ރާއްޖެއިން 7000 އަށްވުރެ ގިނަ މީހުން ޢުމްރާގެ އަޅުކަން އަދާކުރަން މައްކާއަށް ދާނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި، އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މި އަހަރުގެ ޑިސެންބަރު މަހާއި ޖަނަވަރީމަހު ރާއްޖެއިން ޖުމްލަ 7726 މީހުން ޢުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދާން ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން އެންމެ ގިނަ އަދަދެއްގެ އުމްރާވެރިން ފުރަން ހަމަޖެހިފައިވަނީ، މިމަހުގެ 28 ވަނަ ދުވަހުއެވެ. އެދުވަހު އެކަނިވެސް 1049 ޢުމްރާވެރިން މައްކާއަށް ފުރަން ހަމަޖެހިފައިވާ ކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ.
ޑިސެންބަރު މަހާއި ޖަނަވަރީ މަހު ޢުމްރާއަށް ދާ އެންމެ ފުރަތަމަ ގްރޫޕް މައްކާއަށް ފުރީ، މިމަހުގެ 21 ވަނަ ދުވަހުއެވެ. އެދުވަހު އެކަނިވެސް 262 ޢުމްރާވެރިން ފުރާފައިވެ އެވެ. ޢުމްރާ އަށް ދާ އެންމެ ފަހު ގްރޫޕް ފުރަން ހަމަޖެހިފައިވަނީ، އަންނަ މަހުގެ 9 ގަ އެވެ. އެ ދުވަހު 298 ޢުމްރާވެރިން ފުރާނެ އެވެ.
މި ފަހަކަށް އައިސް ސްކޫލް ޗުއްޓީތަކުގައި ދިވެހިން އުމްރާގެ އަޅުކަމަށް ވަރަށް ގިނަ އަދަދަކަށް ދާކަން ފާހަގަކުރެވެ އެވެ.
ސްކޫލްގެ ބޮޑު ޗުއްޓީ އިއްޔެ ފެށިފައިވާ އިރު، ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ އަންނަ މަހުގެ 27 ގަ އެވެ.

































