ރާއްޖެ އަށް ދަރުތުތައް ބާއްވަމުން އަންނަ އެއާ ފްރާންސްގެ ހިދުމަތްތައް ވެސް ވެލާނާ އިިންޓަނޭޝަނަލްގެ އެއާޕޯޓްގެ އާ ޓާމިނަލަށް ބަދަލުކޮށްފަ އެވެ.
މިކަމަށްޓަކައި މިއަދު އެމްއޭސީއެލުން ވަނީ ޓާމިނަލް 1 ގައި ރިބަން ކެނޑުގެ ހަފުލާއެއް ވެސް ބޭއްވި އެވެ. އެއާ ފްރާންސަކީ އާ ޓާމިނަލަށް ހިދުމަތްތައް ބަދަލުކުރި 38 ވަނަ އެއާލައިނެވެ.
ޒަމާނީ އާ ޓާމިނަލް ރަސްމީކޮށް ހުޅުވީ ޖުލައި 26 ގަ އެވެ.
އެ ޓާމިނަލުގައި 47 ޗެކިން ކައުންޓަރާއި، ހަ ސެލްފް ސާވިސް ކައުންޓަރާއި، 20 ޑިޕާޗަ އިމިގްރޭޝަން ކައުންޓަރާއި ހަ ޕެސެންޖަރ ބޯޑިންގ ގޭޓާއި 12 އޭރޯ ބްރިޖް ހުރެ އެވެ.
މި ޓާމިނަލަކީ އަހަރެއްގެ މައްޗަށް 7 މިލިއަން މީހުންނަށް ޚިދުމަތް ދެވޭ ފެންވަރަށް ތަރައްޤީކޮށްފައިވާ ތަނެކެވެ.

































