ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް، ކުރީގެ ޔޫތު މިނިސްޓަރު އަޙްމަދު މަޚްލޫފް މިއަދު ޢައްޔަންކުރައްވައިފިއެވެ.
މަޚްލޫފް ސަފީރުކަމަށް ޢައްޔަންކުރެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
މަހްލޫފްއަށް ޖަޕާނުގެ ސަފީރުކަން ދިނުމަށް މަޖިލީހުން ފާސްކުރީ އިއްޔެއެވެ.
އެމަގާމަށް އޭނާ އައްޔަނުކޮށްފައިވާއިރު، ދާދިފަހުން އޭނާ ވަނީ އެމްޑީޕިން ވަކިވެ، ވެރިކަންކުރާ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ.
އެގޮތުން އޭނާ ޕީއެންސީއާ ގުޅިވަޑައިގެން، ރައީސް ޑރ މުޙައްމަދު މުޢިއްޒުއަށް ފޯމު ހަވާލުކުރެއްވީ ދާދިފަހުން ބޭއްވި ޕީއެންސީގެ ބޮޑު ޖަލްސާގެ ތެރެއިންނެވެ.

































