ނ. ވެލިދޫ ސިއްހީ މަރުކަޒުގައި އެކްސްރޭގެ ހިދުމަތް މިއަދު ފަށައިފި އެވެ.
މި ހިދުމަތް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އެވެ.
ވެލިދޫ ސިއްހީ މަރުކަޒުގައި މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ވަނީ ޑަޔަލިސިސްގެ ހިދުމަތް ވެސް ފަށާފަ އެވެ.
އަތޮޅު ހޮސްޕިޓަލްތަކާއި ރީޖަނަލް ހޮސްޕިޓަލްތައް އަދި ސިއްޙީ މަރުކަޒުތައް ތަރައްޤީކޮށް މާލެއަށް ބޭސް ފަރުވާ ހޯދަން ދިއުން މަދުކުރުމަކީ ސަރުކާރުގެ ވައުދެކެވެ.

































