ސަރުކާރުގެ މިސްރާބު ހުރީ ލާމަރުކަޒީ ޤާނޫނު، ވުޖޫދުން ފޮހެލުމަށްކަމަށް ދޭހަވާ މޭރުމަކުން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިފަދައިން ވިދާޅުވެފައިވަނީ ކައުންސިލްތަކުން ހުށަހެޅި ފައިސާގެ ބޮޑުބައެއް ބަޖެޓުން އުނިކޮށްފައިވާތީ އެކަމަށް ރައްދު ދެއްވާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިގޮތުން އާޒިމް ވިދާޅުވީ ސަރުކާރުގެ މިސްރާބުހުރީ ލާމަރުކަޒީ ޤާނޫނަށް ޢަމަލުކުރަން ބޭނުން ނުވާގޮތަށްކަމަށާއި ލާމަރުކަޒީ ޤާނޫނުން ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް ލާޒިމްކޮށްފައިވާ ޚިދުމަތްތައް ފޯރުކޮށް ދިނުމަށް، ކައުންސިލްތަކުން ހުށަހެޅި ފައިސާގެ ބޮޑުބައެއް ބަޖެޓުން އުނިކޮށްފައިވާ ކަމަށެވެ.
އާޒިމް ވިދާޅުވީ މިއީ ކައުންސިލްތަކުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކުން، ރައްޔިތުން މަޙުރޫމްކުރުމަށް ރާވައިގެން ކުރާ ކަންކަމުގެ ތެރެއަށް އިތުރުވި ބޮޅެއް ކަމަށާއި ލާމަރުކަރީ ޤާނޫނުން ކައުންސިލްތަކުން ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް ލާޒިމްކޮށްފައިވާ ޚިދުމަތް ދިނުމަށް، ބަޖެޓްގައި ހިމަނާފައިވާ ފައިސާ އުނިކުރުމުގެ ބާރު، ސަރުކާރަށް ނޯންނާނެ ކަމަށެވެ.
އާޒިމް އިތުރަށް ވިދާޅުވީ ބަޖެޓްތައްޔާރުކޮއްފައި ވަނީ ލާމަރުކަޒީ ގާނޫނާއިޚިލާފަށާއި ގާނޫނާއެއްގޮތައް ބަޖެޓް އެކުލުވާލުމައް ވެސް އާޒިމް ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

































