މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު ރަހީނުކުރި މައްސަލައާ ގުޅިގެން 19 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މާފަންނުގައި ހުރި ގެއެއްގެ ތެރޭގައި 18 އަހަރުގެ އަންހެނަކު ހުއްދަ ނޫން ގޮތުގައި ގަދަކަމުން ހިފަހައްޓައި އެ އަންހެން މީހާއަށް ޖިސްމާނީ އަނިޔާ ކޮށްފައިވާ ކަަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އަންގާރަ ދުވަހު އިރުއޮއްސި 18:11 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މައްސަލައިގައި ތުހުމަތުގައި ހަަމަ އެ ދުވަހުގެ ރޭގެ ވަގުތެއްގައި 19 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފައިވާ ކަަަމަށް ފުލުހުން ބުނެއެވެ.
މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހ. ފޯސީޒަން ، އުމުރުން 19 އަހަރުގެ އަހުމަދު އާހިލް މުނާޒެވެ.
އަދި އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރަން އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ދަޏި ތަހުގީގުކުރަމުންނެވެ.
މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއްނުވެއެވެ.

































