މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ސެޕްޓެމްބަރު މަހު 2.04 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ.
މިއީ މީރާއިން އެމަހު ލިބޭނެ ކަމަށް ލަފާކުރި އަދަދަށް ވުރެ 16.7 އިންސައްތަ އިތުރު އަދަދެކެވެ.
މީރާއިން ބުނާ ގޮތުގައި އާމްދަނީ އިތުރުވީ ޖީއެސްޓީ، ޓީޖީއެސްޓީ އަދި އެއާޕޯޓް ޓެކްސްތަކާއި ފީތަކުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބުންނެވެ. މިދިޔަ މަހު އެންމެ ގިނަ އާމްދަނީ ލިބިފައިވަނީ ޖީއެސްޓީގެ ގޮތުގަ އެވެ.
އެގޮތުން ޖީއެސްޓީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މުޅި އާމްދަނީގެ 60.4 އިންސައްތަ އެވެ. ދެވަނައަށް އެންމެ ގިނައިން ލިބިފައިވަނީ ގްރީން ޓެކުހުންނެވެ. ގްރީން ޓެކްސްގެ ގޮތުގައި 172.3 މިލިއަން ރުފިޔާ އެވެ.
އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 138 މިލިއަން ރުފިޔާ، ޑިޕާޗާ ޓެކްސްގެ ގޮތުގައި 135.9 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

































