ފުވައްމުލަކު ސިޓީގައި ސީޓީ ސްކޭންގެ ޚިދުމަތް ރަސްމީކޮށް ފަށައަންގާރަ ދުވަހު ފަށައިފި އެވެ.
އެ ޚިދުމަތް އިފްތިތާހުކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.
އެ ޚިދުމަތް ފައްޓަވައި ދެއްވުމަށް ފަހުން އެމަނިކުފާނު ވަނީ އެ ހޮސްޕިޓަލްގެ ސީޓީ ސްކޭން ރޫމް ބައްލަވާލައްވާފަ އެވެ.
ރާއްޖޭގެ ސިއްޙީ ދާއިރާއަށް ހެޔޮ ބަދަލެއް ގެނައުމަށް ސަރުކާރުން ދަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. ޚާއްސަކޮށް ގްރޭޓާ މާލެ ސަރަޙައްދާއި އަތޮޅުތަކުގައި ސިއްޙީ ޚިދުމަތް ފުޅާކުުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
އެގޮތުން ވަސީލަތްތައް ޤާއިިމުކުރުމާއި އިމާރާތްތައް ތަރައްޤީ ކުުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ހުރިހާ އަތޮޅަކުން މުހިންމު ސިއްޙީ ޚިދުމަތް ލިބޭނެ ގޮތް ވެސް ދަނީ ހަމަޖައްސަވައި ދެއްވަމުންނެވެ.

































