ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރަސްމީ ދަތުރުފުޅެއްގައި މިއަދު ޕާކިސްތާނަށް ފުރާވަަޑައިގެންވި އެވެ.
މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް އެ ގައުމަށް ކުރައްވާ ދަތުރުފުޅުގައި ޕާކިސްތާނު ސަރުކާރުގެ ބައެއް އިސްވެރިންނާ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ބައްދަލުކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ އިދާރާ އިން ބުންޏެވެ.
މަޖިލީހުގެ ރައީސްގެ ދަތުރުގައި އަރިހުގައި ގެންދެވި ވަފުދުގައި ހިމެނިވަޑައިގެންނެވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދާއި މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކާއި ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު އަދި ހުޅުމާލެ މެދުދާއިރާގެ މެންބަރު މެންބަރު އަބްދުﷲ ޝަޒީމެވެ.
ރަސްމީ ދަތުރެއްގައި އަބްދުއްރަހީމް ފުރާވަޑައިގެންނެވި އިރު މީޑިއާ ބިލު ފާސްކުރުމާ ދެކޮޅަށް ނޫސްވެރިން ގެންދަނީ މަޖިލިސްކުރާ ގޭގެ ބޭރުގައި ސިލްސިލާކޮށް އިހުތިޖާޖު ކުރަމުންނެވެ.

































