ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވާ ކުލަގަދަ ރަސްމިއްޔާތުގައި މާލެ ވަށައިގެން ހަވާ އަރުވާނެ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގެ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭއެވެ. މި ރަސްމިއްޔާތުގައި ކުލަގަދަކޮށް ފާހަގަ ކުރަން ނިންމާފައިވާއިރު، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީއެލް) މީގެ ކުރިން ވަނީ ތާރީހީ ފެންވަރަށް ހަވާ އެރުވުމާއެކު ހާއްސަ ޝޯތަކެއް އޮންނާނެކަން ހާމަކޮށްފައެވެ.
އެމްއެންޑީއެފުން މިރޭ ވިދާޅުވީ، އާ ޓާމިނަލް ހުޅުވުމުގެ މުނާސަބަތުގައި މާލޭގެ ވަށައިގެންވާ ކަނޑުގެ 16 ސަރަހައްދެއްގައި، އަދި އެއާޕޯޓް ކައިރިން 3 ސަރަހައްދެއްގައި މާދަމާ ރޭ ހަވާ އަރުވާނެ ކަމަށެވެ.
ހަވާ އަރުވާނީ ޖުލައި 26 ދުވަހުގެ ރޭ 8.30 ހާއިރު، 6 މިނެޓް ވަންދެން ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

































