ލަންގް ކެންސަރ ގައިޑްލައިން އާއްމުކޮށްފިއެވެ.
ކެންސަރުބައްޔަށް ދެވޭ ފަރުވާގެ ކަންކަން ހަރުދަނާ ކުރުމާއި، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފޯރުކޮށްދެވޭ މިފަދަ ޚިދުމަތްތައް އިތުރަށް ތަރައްގީކުރުމުގެ މަޤްޞަދުގައި އެކުލަވާލަމުންދާ ސްޓޭންޑާރޑް ޓްރީޓްމަންޓް ގައިޑްލައިން ތަކުގެ ތެރެއިން މިހާރު ތައްޔާރުކުރެވިފައިވާ ލަންގް ކެންސަރ ގައިޑްލައިން މިހާރުވަނީ ޝާޢިޢު ކުރެވިފައިވާ ކަމަށް ޞިއްޚީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މި ގައިޑްލައިން ތައްޔާރުކުރެއްވީ ކެންސަރު ބައްޔަށް ފަރުވާދިނުމުގެ ޚާއްސަ ޑޮކްޓަރ ޑރ.މުހައްމަދު އަމްރު އަހްމަދު އެވެ. މި ގައިޑްލައިނަށް ދިވެހި ރާއްޖޭގައި މަސައްކަތްކުރައްވާ ޞިއްޙީ ޙިދުމަތް ތެރިން އަހުލުވެރިކުވުމަށް 17 ޖުލައި ގައި އޮންލައިން ވެބިނަރ އެއް ވަނީ ބާއްވާފައެވެ.
މި ވެބިނަރގައި އެކި އެކި މުއައްސަސާ ތަކުން 121 ޞިއްޙީ ޙިދުމަތް ތެރިން ބައިވިވި ކަމަށް ސިއްޚީ ވުޒާރައިން ވިދާޅުވެއެެވެ. މީގެ އިތުރުން، ކެންސަރު ބައްޔާއި ގުޅުންހުރި އެހެން ގައިޑްލައިންތައްވެސް ހެދުމުގެ މަސައްކަތް ކުރަމުން ދާކަމަށް ވެސް އެވުޒާއިން ވިދާޅުވެއެވެ.

































