28ރަށެއްގެ ކައުންސިލް އިދާރާގެ ސެކެޓްރީ ޖެނަރަލް (އެސްޖީ)ގެ މަޤާމަށް މީހުން ހޯދުމަށް ސިވިލް ސާރވިސްކޮމިޝަން އިއުލާންކޮށްފިއެވެ. އެއީ ހއ އަތޮޅުން ، ތަކަންދޫ ހދ.އަތޮޅުން ހިރިމަރަދޫ، ނޮޅިވަރަމްފަރު، ށ.އަތޮޅުން ފޭދޫ، ފީވަށް، ނ.އަތޮޅުން ވެލިދޫ، ހެނބަދޫ ، ރ.އަތޮޅުން ވަދޫ، ރަސްމާދޫ، މަޑުއްވަރި، އިންމާދޫ، ބ.އަތޮޅުން ފެހެންދޫ، ހިތާދޫ، އއ.އަތޮޅުން ތޮއްޑޫ، ފެރިދޫ ، އަދ.ހަންޏާމީދޫ، ވ.ކެޔޮދޫ، ރަކީދޫ، ތިނަދޫ، ފ.އަތޮޅުން ދަރަބޫދޫ، ރިނބުދޫ، މާއެނބޫދޫ، ތ.އަތޮޅުން، ގާދިއްފުށި، ތިމަރަފުށި ލ.އަތޮޅުން ދަނބިދޫ، މުންޑޫ، ގއ.އަތޮޅުން ކޮލަމާފުށި، ދެއްވަދޫ އެވެ.
އެސްޖީގެ މަޤާމަށް އެދޭ ފަރާތްތަކުން 2025 ޖުލައި 21 ވަނަ ދުވަހުގެ 14.00ގެ ކުރީން ސިވިލް ސާރވިސްކޮމިޝަންއަށް އެޕްލިކޭޝަން ފޯމް ފޮނުއްވުމަށް އެއިދާރާއިން ކުރައްވާފައިވާ އިޢުލާނުގައި ވިދާޅުވެފައި ވެއެވެ.
ކައުންސިލް އިދާރާގެ ސެކެޓްރީ ޖެނަރަލްއަކީ އިދާރާގެ އެންމެ އިސް އިދާރީ މުއައްޒަފެވެ. އިއުލާންގައި ވާ މަޤާމުގެ މަސްއޫލިއްތުގެ ތެރޭގައި ކައުންސިލް އިދާރާ ހިންގުމުގެ އެންމެހާ އިންތިޒާމުތައް ހަމަ ޖެއްސުމާއި، ކައުންސިލުން ހިންގާކަންތައް ޤާނޫނާ ޤަވާއިދަށް ތަބާވާކަން ކަށަވަރު ކުރުމާއި، ކައުންސިލްގެ މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު އުފުލުން ފަދަ އިސް މަސްއޫލިއްޔަތު ތަކެއް ހިމަނުއްވާފައި ވެއެވެ. އެސްޖީ މަޤާމަށް މީހުން ހޯދުމުގެ މަސައްކަތް ކުރަނީ ސިވިލްސާރވިސް ކޮމިޝަނުންނެވެ. އެމަޤާމަށް މީހަކު ހަމަ ޖައްސަވަނީ ކައުންސިލްގެ ލަފާގެ މަތީންވެ. ސެކްޓްރީޖެނަރަލް މަޤާމުގެ މުއްދަތަކީ 5އަހަރު ދުވަހެވެ.

































