ފަލަސްތީނުގެ އެއްވެސް ސަރަހައްދަކުން އެޤައުމުގެ ރައްޔިތުން ބޭރުކޮށްލުމުގެ ޕްލޭން ވާނީ ނާކާމިޔާބު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވީ ފަލަސްތީނުގެ އެއްވެސް ސަރަހައްދަކުން އެގައުމުގެ ރައްޔިތުން ބޭރުކޮށްލުމުގެ ޕްލޭން ވާނީ ނާކާމިޔާބު ކަމަށާއި އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލް އާންމު ނިމުމަކަށް ގެނެސް ސުލްހައިގެ މަގު އިހުތިޔާރު ކުރަންޖެހޭ ކަމަށެވެ
ހަމަހަމަ ކަމާއި ދެމެހެއްޓެނިވި ހައްލެއް ގެނައުމަކީ ކޮންމެ މީހަކަށް ވެސް ކަރާމާތާއި ހައްގުތަކާއި ސުލްހަމަސަލަސްކަން ބޭނުންވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
2023 ވަނަ އޮކޮޓޯބަރ މަހު ފެށި ގަތުލުއާންމު އަދިވެސް ކުރިއަށްދާއިރު، ކޮންމެ ދުވަހަކު ގޮތަކަށް އިސްރާއީލުން ދަނީ ޣައްޒާގެ އެސަރަހައްދުތަކަށް ހަމަލާތައްދީ، ގިނަ ބަޔަކު ޝަހީދުކުރަމުންނެވެ. މީގެ ތެރޭގައި ކުށެއް ނެތް އެތައް ތުއްތު ކުދިންނާއި އަންހެނުން ވެސް ހިމެނެއެވެ. އިޒްރޭލުން މިދިޔަ 21 މަސް ތެރޭގައި ވަނީ 67،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފަ އެވެ.
ބައިނަލް އަޤުވާމީ ޤާނޫނުތަކާ ޚިލާފަށް އިސްރާޢީލުން ގެންދާ ނަސްލު ނައްތާލުމުގެ ބޮޑު ޖަރީމާ ހުއްޓާލުމަށް ދުނިޔޭގެ ގިނަ ގައުމުތަކުން ގޮވާލިނަމަވެސް އިސްރާޢީލް އެގޮވާލުންތަކަށް އިޖާބަ ދީފައެއް ނުވެއެވެ. މިއަދު ފަލަސްތީނުގެ ރައްޔިތުންވަނީ ބަޑުހައި ހޫނުކަމާ ކުރިމަތިލާން ޖެހިފައެވެ. ކާބޯ ތަކެއްޗާއި ބޯފެން ފޮދަކަށް އެދި ފަލަސްތީނު ރައްޔިތުން އެތައް އާދެއްހެއް ކުރަމުންދެއެވެ.

































