ފެނަކަގެ ޗެއާމަން ކަމުގެ މަގާމަށް ފިނޭންސް އެންޑް ޕްލާނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ޝާމް އާދަމް އައްޔަން ކުރައްވައިފިއެވެ.
ފެނަކައިގެ ބޯޑުގެ ޗެއަރމަންގެ މަޤާމަށް ޝާމް އައްޔަންކޮށްފައިވަނީ އެ މަޤާމުގައި ކުރިން ހުންނެވި، އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދް އިބްރާހިމް މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. ޝިމާދު ފެނަކައިގެ ބޯޑުގެ ޗެއަރމަންގެ މަޤާމަށް އައްޔަންކޮށްފައިވަނީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހުއެވެ. ޝިމާދު މަޤާމުން އިސްތިއުފާއި ދެއްވުމާއި ގުޅިގެން އެ މަޤާމަށް މާލީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޝާމް އައްޔަންކުރައްވާފައިވާކަން ފެނަކައިން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
ޝާމް އެ މަޤާމަށް އައްޔަން ކުރުމާއި ގުޅިގެން ފެނަކައިން ވަނީ އޭނާއަށް މަރުހަބާ ދަންނަވާފައެވެ. އަދި އޭނާ ކުންފުންޏާއި ގުޅިވަޑައިގަތުމަކީ ލިބިގެން ދިޔަ ކުރިއެރުމެއް ކަމަށް ފެނަކައިން ވިދާޅުވިއެވެ.

































