ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެނބުރި އެމްޑީޕީ އާ ރޭ ގުޅުމުން، މިއަދު ވަޒީރުންގެމަޖިލީހުން ރައްޔިތުންނަށް ފައިސާގެ އިނާޔަތްދޭން ނިންމުން އެއީ އިއްތިފާގެއްތޯ ގިނަ ބަޔަކު ސުވާލުކުރަންފަށައިފިއެވެ.
ސަރުކާރުން މިއަދު ކުއްލިގޮތަކަށް ވަޒީރުންގެ މަޖިލީހުގެ ނިންމުންތަކެއް އެކްސް އެކައުންޓުގައި ވަނީ ހިއްސާކޮށްފައިވެއެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލު ކުރުން އެއްކޮށް ހުއްޓާލާ ކޮންމެ ރަށެއްގެ ކޮންމެ ފަރުދަކަށް ފައިސާދޭން ނިންމުމާއި އަދި ރިޔާސީ އިންތިޚާބުގައި ވައުދުވީ ފަދައިން ޙާފިޒުންނަށް ދޭ އެލަވަންސް 1 ޖުލައި 2025 ގައި ދެކުގަނަ ބޮޑުކުރުމަށް ވަޒީރުންގެ މަޖިލިސްއިން ނިންމާފައިވާ ކަމަށް ޕޯސްޓުގައި ވަނީ ހިއްސާކޮށްފައެވެ.
މިކަންކަން ހާމަކޮށްފައިވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރަސްމީ އެކްސް އެކައުންޓުން މިއަދު ކޮށްފައިވާ ދެ ޕޯސްޓެއްގައެވެ. ހިއްސާކޮށްފައިވާ ފޯސްޓާއި ރޭ ސަލްޓަންޕާކްގައި ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ދެއްކެވި، ކައުންސިލް އިންތިހާބާ ގުޅޭ ވާހަކަފުޅަށް އަމާޒުވެގެން ގޮސްފައިވާކަމަށް ގިނަބަޔަކު ދެކެމުންދެއެވެ.

ރައީސް ނަޝީދު ހިމޭނެގޮތައް ރޭ ދަޑިމޮކްރެޓްސްގެ ގިނަ އަދަދެއްގެ މެމްބަރުން އެމްޑީޕީ އާ ގުޅުމަށް ސަލްޓަންޕާކް ގައި ބޭއްވި ޙާއްޞަ ޖަލްސާގައި ނަޝީދުވަނީ ވާހަކަފުޅު ދައްކަވާފައެވެ. ނަޝީދުގެ ވާހަކަފުޅުގައި، ސަރުކާރަށް އަމާޒުކޮށް ފާޑުވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅުގައި ކުރިމަތިވަމުން އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރަށް ލިބޭނީ 20 ޕަސެންޓްކަމަށް ވިދާޅުވެ ސަރުކާރަށް ވަނީ ފާޑުވިދާޅުވެފައެވެ.
ރައީސް ނަޝީދު އެމްޑީޕީ އާ އަލުން މިގުޅިވަޑައިގެންނެވީ ދެ އަހަރުދުވަހުގެ ދިގުމުއްދަތަކަށް ފަހުގައެވެ.

































