”ފޯޅަވަހީގެ ހައްގުގައި ދިވެހީން“ ގެ ހަރަކާތުގެ ފަރާތުން ރާއްޖޭގައި ހުންނަ އިނގިރޭސި ހައިކޮމިޝަނަށް ޑޮކިޔުމަންޓާއި އެކު ސިޓީއެއް މިއަދު ހުށައަޅާފިއެވެ.
ފޯޅަވަހިހަރަކާތުގެ އެންމެ އިސްކޮށްއުޅުއްވާ އަބްދުﷲ ރަޝީދު ގެ ފޭސްބުކްގައި މިއަދު ހިއްސާކޮށްފައިވާ ޕޯސްޓުގައި ވަނީ، މި ގައުމީ ހަރަކާތުގެ ފަރާތުން ފޯޅަވައްސަކީ، އިސްތިޢުމާރުގެ ކުރީގައި ދިވެހި ދައުލަތުގެ ތަނެއްކަމަށް ބަޔާންކޮށްފައެވެ. އަދި އެތަން މިނިވަން ކުރާނަމަ ހަވާލުކުރާންވާނީ ރާއްޖެއަކަން ވަންހަނާ ނުކުރޭވޭ ގާނޫނީ އަދި ތާރީޚީ ހެކިތައް ބަޔާންކޮށް، ހާމަކުރާ ޑޮކިޔުމެންޓާއި ސިޓީއާއި ހަރަކާތުގެ ފަރާތުން ދެކޭގޮތް ބަޔާންވާ ލިޔުން، މިއަދު 13:30 ގައި، މާލޭގައި ހުންނަ އިނގިރޭސި ހައިކޮމިޝަނަށް ހުށަހަޅާވާކަމަށެވެ.

އެންނިއުސްއަށް އެނގިފައިވާ ގޮތުގައި، ހުށައެޅި މިސިޓީގައި ރާއްޖޭގެ ކުރީގެ ރައީސްކަންކުރި ރައީސުންނާއި ކުރީގެ ޑިޕްލޮމޭޓުންނާއި ބައެއް ވަޒީރުންގެ އިތުރުން ބައެއް ސީޔާސީ އިސްސަފުގައި ހަރަކާތްތެރިވާ ފަރާތްރަކުންނާއި ސިޔާސީ ޕާޓީތަކުގެ ވެރިން ސޮއިކޮށްފައިވެއެވެ. އަދި މި ހަރަކާތުގައި ބައިވެރިވާ ގިނަ އަދަދެއްގެ ފަރާތްތަކުން ވެސް ސޮއިކޮށްފައިވެއެވެ.

































