އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކުޅުދުއްފުށި ސިޓީ ކައުންސިލާއި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ އަންގާރަ ދުވަހު އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގައެވެ. މި ބައްދަލުކުރެއްވުމުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާތިފްއާއި ބައެއް ކައުންސިލް މެމްބަރުން ވަނީ ބައިވެރިވެލައްވާފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި ވަޒީރުގެ އަރިހުގައި ވުޒާރާގެ ބައެއް އިސްވެރިންވަނީ ބައިވެރިވެލައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ފަރާތުން ގުޅިގެން ކުރިއަށް ގެންދެވިދާނެ ކަންކަމާއި ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވެއެވެ

































