ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ ޢިމާރާތްކުރުމުގެ ސިނާޢަތުގެ މަޢުރަޒު“ބިލްޑް އެކްސްޕޯ 2025″ އަށް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބު ޒިޔާރަތްކުރައްވައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) އިން އިންތިޒާމުކޮށްގެން ބާއްވާ މި މަޢުރަޒަކީ ރާއްޖޭގެ ޢިމާރާތްކުރުމުގެ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ މަޢުރަޒެވެ.
މިނިސްޓަރ ޑރ. މުއްޠަލިބުގެ މި ޒިޔާރަތުގައި އެމަނިކުފާނާއެކު ސްޓޭޓް މިނިސްޓަރ އިބްރާހީމް ތާއާމް މުޙައްމަދު، ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޙަމީދު އަދި ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ. މިނިސްޓަރ ޑރ. މުއްޠަލިބު ވަނީމަޢުރަޒުގެ ބައިވެރިންނާއި ބައްދަލުކުރައްވައި ބައިވެރިންގެ މަސައްކަތްތައް ބައްލަވާލައްވާފައެވެ.
މި މަޢުރަޒުގައި ރާއްޖޭގެ ޢިމާރާތްކުރުމުގެ ދާއިރާގެ އެންމެ ފަހުގެ ޓެކްނޮލޮޖީތަކާއި، އުފެއްދުންތަކާއި، ޚިދުމަތްތައް ދައްކުވައިދެއެވެ

































