ޕާޓީއަށް މެމްބަރުން އިތުރުކުރަން ސޮއި ފޯޖް ކުރުމަކީ ޤާނޫނީ ކުށެއް ކަމަށް ކުރީގެ ރައީސް ޔާމީން އިސްވެ އުފެއްދި ޕާޓީ ޕީއެންފްއަށް ސެކެރެޓަރީ ޖެނަރަލްގެ މަގާމު ފުރުއްވަމުން ގެންދަވާ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެކްސްގައި ކުރެއްވި މި ޕޯސްޓުގައި މަލީހު ވިދާޅުވީ ޕާޓީއަށް މީހުން އިތުރުކުރުމަށް ކަމަށް ބުނެ ސޮއެ ފޯޖްކޮށްގެން ޕާޓީއަކަށް ވެއްދުމަކީ ގާނޫނީ ކުށެއްކަމަށާއި އެކަން އެގޮތަށް ކުރާނަމަ ފިޔަވަޅު އަޅަން ޖެހޭނެކަމަށެވެ.
މަލީހު ވިދާޅުވީ ޕީއެންސީން އެކަން ކުރަނީ ”މީ ސަރުކާރުން ޕާޓީތަކަށްދޭ ލާރިި އެއްކޮށް ދިރުވާލަން ރައީސް މުއިއްޒު ޖައްސަވާ ސަކަރާތެއްކަމަށެވެ. އަދި ޕާޓީތަކަށް މިގޮތަށް މީހުން ވެއްދުމަކީ ނާތަހުޒީބު އަމަލެއްކަމަށް ވެސް މަލީހު ވިދާޅުވިއެވެ.
”މީ ސަރުކާރުން ޕާޓީތަކަށްދޭ ލާރިި އެއްކޮށް ދިރުވާލަން ރައީސް މުއިއްޒު ޖައްސަވާ ސަކަރާތެއް. ޕާޓީތަކަށް މިގޮތަށް މީހުން ވެއްދުމަކީ ނާތަހުޒީބު އަމަލެއް“ މަލީހު ވިދާޅުވިއެވެ.
ޕީއެންސީ އަށް މިހާތަނަށް 65،000 އަށް ވުރެ ގިނަ މެމްބަރުން ހަމަކޮށްފައި ވާއިރު، ޕާޓީގެ މެމްބަރޝިޕް އިތުރު ކުރުމަށް މިހާރު ދަނީ މާލެ އާއި އައްޑޫ ސިޓީ އަދި ބ. އަތޮޅުގައި ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ.

































