މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމްކޮށްލައިފިއެވެ.
ފުލުހުން ބުނީ މިއަދު މެންދުރުފަހު 03:30 ގައި މާލޭ މާފަންނުގައި ހުންނަ ކެފޭއެއްގައި ހިންގި އެ މާރާމާރީގައި 22 އަހަރުގެ ދިވެހި ފިރިހެނަކު ޒަހަމްކޮށްލާފައިވާ ކަމަށެވެ.
އަދި އޭނާއަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް އޭނާގެ މިހާރުގެ ހާލަތު ސާފެއް ނުވެއެވެ.
އެ މައްސަލައިގައި މީހަކު ހައްޔަރުކުރިކަން ފުލުހުން ހާމަކޮށްފައެއް ނުވާއިރު މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެެވެ.

































