ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ސިޔާސީ ވިޔަސް ފުކެއް ބޮޑުވަރުކަމަށާއި މައިކެއް އަތުޖެހުނަސް ހޭބުއްދިފިލާ ދުނިޔެ ރަންވަނީ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝިޔާމް މިފަދައިން ވިދާޅުވީ އެކަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިނިސްޓަރު ޝިޔާމް ޖަމީލަށް ނިސްބަތްކުރައްވާ އެކްސްގައި ވަރުގަދަ ރައްދެއްދެއްވީ އިދިކޮޅު ޕީއެންއެފްގެ ޖަލްސާއެއްގައި ޑރ. ޖަމީލް ދެއްކެވި ވާހަކައަކާއި ގުޅިގެންނެވެ. މިގޮތުން ޖަމީލް ދެއްކެވި ވާހަކަތަށް ބަލާލާއިރު ޕީއެންއެފްއިން ބުރާސްފަތި ދުވަހުގެރޭގެ ޖަލްސާގައި ޖަމީލްވަނީ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް އެމަނިކުފާނަށް ސުވަރުގެ ހަރާމް ކުރައްވާފައިވާކަމަށް ވިދާޅުވެ ކުފުރުގެ ވާހަކަތަކެއް ދައްކަވާފައެވެ.
މި ވާހަކަތަކަށް ރައްދުދެއްވާ މިނިސްޓަރު ޝިޔާމް ވިދާޅުވީ ވެރިކަމަކީ ހެޔޮނިޔަތާއެކު ގަދައަޅާ މަސައްކަތްކުރާ ބަޔަކަށް الله سبحانه وتعالى ދެއްވާ އެއްޗެއް.ކަމަށާއި އަދި ހެޔޮ ޢަމަލުތަކުގައި ދެމިތިބޭ މީހުންނަށް ސުވަރުގެ ދެއްވަނީވެސް އެކަލާނގެކަން އަޅުގަނޑުމެން ޤަބޫލުކުރާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރ އެކްސްގައި ކުރެއްވި ޕޯސްޓް ނިންމަވާލައްވަމުންވަނީ ޝަހާދަތް ވިދާޅުވާން ޖަމީލްއަށް ހަނދުމަފުޅު ކުރައްވާފައެވެ.

































