ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) ގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު ޢައްޔަންކޮށްފިއެވެ.
މިގޮތުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ) އިން ހާމަކުރި ގޮތުގައި އެޗް.ޑީ.ސީގެ ބޯޑަށް އަންގާރަދުވަހު ޢައްޔަންކުރެވިފައިވަނީ މ. ބްލޫނައިލް، އަލްފާޟިލް އިބްރާހިމް ޠަޢާމު މުޙައްމަދެވެ.
މިކަން ހާމަކޮށްފައިވަނީ ޕީ.ސީ.ބީން އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
އިބްރާހިމް ޠަޢާމު މުޙައްމަދަކީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަޤާމުގައި ހުންނެވި ބޭފުޅެކެވެ.
އެޗްޑީސީގެ ބޯޑަށް ސްޓޭޓް މިނިސްޓަރު ތައާމު އައްޔަންކޮށްފައިވާއިރު އެ މަޤާމުގައި ކުރިން ހުންނެވި މުހައްމަދު ވަހީދު ވަނީ މަޤާމުން ވަކިކޮށްފައެވެ.
ވަހީދު އެޗްޑީސީގެ ބޯޑަށް އައްޔަންކުރީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
އޭނާއަކީ މީގެ ކުރިން ވެމްކޯގައި އިސް މަގާމެއް ފުރުއްވައިފައިވާ، އަދި ހައުސިން މިނިސްޓްރީގައި ވެސް މަސައްކަތްކޮށްފައިވާ ބޭފުޅެކެވެ.
އޭނާ އެ މަޤާމުން ވަކިކުރި ސަބަބެއް ޕީސީބީއިން ހާމައެއް ނުކުރެއެވެ.

































