އަށާރަ ރަށެއްގެ ސްކޫލްތަކުގެ ނުނިމި ހުރި މަސައްކަތްތައް ކުރުމަށް ތިން ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
މި މަޝްރޫއުތަށް ހިންގުމަށް ހަވާލުކޮށްފައިވަނީ އެމް.ޓީ.ސީ.ސީ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އަދި އާރު.ޑީ.ސީއާއެވެ.
ރަށެއްގެ ސްކޫލުގަކުގެ އިމާރާތުގެ ނުނިމިހުރި މަސައްކަތް ހަވާލުކުރުން— ވަގުތު އިމޭޖަސް: އަހުމަދު ޖައިޝަމް
މި މަސައްކަތްތަށް ހަވާލުކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ކޮންޓްރެކްޓްގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޭޖަރ (ރިޓައަރޑް) މުޙައްމަދު ނަޖާޙްއެވެ. އަދި އާރު.ޑީ.ސީ ގެ ފަރާތުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓައަރޑް) އަލީ ޒުހައިރް ސޮއެ ކުރެއްވިއިރު، އެމް.ޓީ.ސީ.ސީ ގެ ފަރާތުން ސޮއެ ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ (ރިޓައަރޑް) ޑީ.ސީ.ޕީ އަޙްމަދު ސައުދީއެވެ.
މަޝްރޫއުތައް ހިންގާނެ ރަށްތަކުގެ ތެރޭގައި ހިމެނެނީ ، ހއ. މޮޅަދޫ ،ހއ.މާރަންދޫ، ހދ ނޮޅިވަރަންފަރު، ހދ ނޭކުރަންދޫ ، ހދ ނާވައިދޫ، ށ. ބިލެތްފަހި، ރ.އިންނަމާދު، ރ.ދުވާފަރު، ބ.ކުޑަރިކިލި، ކ.ގުޅި، އއ.މަތިވެރި، އއ މާޅޮސް، އދ.ފެންފުށި، މ.ވޭވަށް، ތ.ގާދިއްފުށި، ތ.މަޑިފުށި، ލ. މާވަށް، ގދ.ވާދޫ
މި މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ޖުމްލަ 114.9 މިލިއަން ރުފިޔާއަށް އަރާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

































