ދިވެހި ފުޓްބޯޅައަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ކޯޗު އިޙްސާން އަބްދުލްޣަނީ (ސާންތީ) ގެ ޖަނާޒާ ބާއްވައިފިއެވެ.
އާދީއްތަ ދުވަހުގެ މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ކޯޗް ސާންތީގެ ޖަނާޒާ ބޭއްވުމަށްފަހު ވަޅުލާފައި ވަނީ އާ ސަހަރާގައެވެ. ކޯޗް ސާންތީގެ ޖަނާޒާގައި ދައުލަތުގެ އިސްވެރިންނާއި، ދިވެހި ކުޅިވަރު އާއިލާގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ކުޅިވަރު ދާއިރާގެ ގިނަ ބަޔަކާއި، ފުޓްބޯޅަ ކުޅުންތެރިންނާއި ކޯޗުންނާއި، ޓީމުތަކުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ރަހުމަތްތެރިންވެސް ޖަނާޒާގައި ބައިވެރިވިއެވެ.
ސާންތީ ނިޔާވީ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ހާލުދެރަވެ، އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށް ހޮނިހިރު ދުވަހުގެ ރޭއެވެ. ސާންތީއަކީ ދިވެހި ފުޓްބޯޅައިގެ ތާރީޚުގައި ފާހަގަކޮށްލެވޭ އެންމެ ކާމިޔާބު ކޯޗުންގެ ތެރެއިން ކޯޗެކެވެ
އޭނާއަކީ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ސާންތީއަކީ ކޯޗިންގެ ދާއިރާގެ ދުވަސްވީ ތަޖުރިބާކާރެކެވެ. ޚާއްސަކޮށް އެފްއޭއެމުގެ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް ފަށްޓައި އެ ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި އިސް ދައުރެއް އަދާކުރެއްވިއެވެ.
ޤައުމީ ފުޓްބޯޅަ ޓީމުގައި މަސައްކަތްކުރެއްވި ކާމިޔާބު ކޯޗު ސާންތީއަކީ އެންމެ ފުރަތަމަ ފުޓްބޯޅައިން ބައިނަލްއަގްވާމީ ތައްޓެއް ރާއްޖެއަށް ހޯދައިދިން ޓީމުގެ އިސް މެންބަރެކެވެ. އެއީ 2008 ވަނަ އަހަރު ރާއްޖެއާއި ލަންކާގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ދިވެހިންނަށް ކާމިޔާބުކޮށްދިން އޭރުގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެކެވެ.
އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުކަން ކުރެއްވި ސާންތީއަކީ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް ފެށުމާއި ކުރިއެރުވުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. ކޯޗް ސަންތީ ނިޔާވީ މާރޗް މަހުގެ 22 ވަނަ ވުދަހު އެވެ.

































