ރާއްޖޭގައި ދިރިއުޅޭ ސްރީލަންކާގެ މުސްލިމް ރައްޔިތުންނަށް ހާއްސަކޮށްގެން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ތަމަޅަ ބަހުން ހާއްސަ ދަރުހެއް ބާއްވައިފިއެވެ.
ސަލްމާން މިސްކިތުގެ އޮޑިޓޯރިއަމްގައި މި ދަރުސް ދެއްވީ އައްޝައިޚް މުރުޝިދު މުލައްފާރުއެވެ. މި ދަރުސްގައި ސްރީލަންކާގެ ގިނަ ރައްޔިތުން ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ.
މިއީ ދިވެހި ރައްޔިތުންނާއި ރާއްޖޭގައި ދިރިއުޅޭ މުސްލިމުން ދީނަށް ހޭލުންތެރިކަން އިތުރުކޮށް، ދީނީ ސައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމަށް އިސްލާމިކް މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށް ގެންދެވުނު ދަރުހެކެވެ.

































