ޕާޓީގެ ބޭނުމަށް މަޢުލޫމާތުތަކެއް ހޯދަން ކަމަށް ބުނެ، ޕީއެންސީގެ ނަމުގައި މެސެޖުތަކެއް ފޮނުވަމުންދާތީ ސަމާލުވުމަށް އެ ޕާޓީން އެދިއްޖެ އެވެ.
ޕީއެންސީން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އެ ޕާޓީގެ ނަމުގައި ސައްޙަ ނޫން މެސެޖުތަކެއް އާއްމު އެކި ފަރާތްތަކަށް ކުރަމުންދާކަން އެ ޕާޓީގެ ސެކްރެޓޭރިއަޓްގެ ސަމާލުކަމަށް އެކިއެކިފަރާތްތަކުން ގެނެސްފައިވާ ކަމަށެވެ.
ޕީއެންސީން ވަނީ މި މައްސަލައިގައި މިހާތަނަށް ފާހަގަކުރެވިފައިވާ ކަންކަން މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހުށަހަޅައިގެން ބަލަމުން ގެންދާނެ ކަމުގެ ޔަޤީންކަން ޕާޓީގެ މެންބަރުންނަށް ދީފައެވެ.
މީގެ އިތުރުން ސިޔާސީ ބޭނުމަކަށް އެ ޕާޓީގެ ނަމުގައި ޞައްޙަނޫން މެސެޖްތައް ފޮނުވުން ފަދަ ދަށުދަރަޖައިގެ ޢަމަލުތައް ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް، އެފަދަ ޢަމަލުތައް ކުރާފަރާތްތަކުން އެކަން ވަގުތުން ހުއްޓާލުމަށް ޕީއެންސީއިން ނެރުނު ބަޔާނުގަވެއެވެ.
އަދި އެފަދަ ޞައްޙަނޫން މެސެޖްތަކަށް އިޖާބަ ނުދިނުމަށާއި، އެފަދަ މެސެޖެއް ލިބިއްޖެނަމަ ވަގުތުން ޕާޓީގެ ރަސްމީ އިދާރާއަށް އެކަން އެންގެވުމަށްވެސް ބަޔާނުގައި އެދިފައިވެއެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހަޅައިގެން ބަލަމުން ގެންދާނެ ކަމަށްވެސް އެޕާޓީން ބުނެއެވެ.
ޞައްޙަނޫން މެސެޖްތަކަށް އިޖާބަ ނުދިނުމަށާއި، އެފަދަ މެސެޖެއް ލިބިއްޖެނަމަ ވަގުތުން ޕާޓީގެ ރަސްމީ އިދާރާއަށް އެކަން އެންގުމަށް ވެސް އެ ބަޔާނުގައި އެދިފައެވެ.

































