މާލޭގެ ފިހާރައެއްގެ ވަތްގަނޑުން ގިނަ އަދަދެއްގެ ފައިސާއާއި ގިނަ އަދަދެއްގެ މުދާ ވަގަށްނެގި ކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފިއެވެ.
ހައްޔަރުކޮށްފައިވަނީ ސްރީލަންކާއަށް ނިސްބަތްވާ އުމުރުން 24 އަހަރުގެ، ވިޖެންދްރާ ވަޑުގެ ނިރާޝާ ރަސާލީ އެވެ.
ފުލުހުން ވިދާޅުވާގޮތުގައި މަޖީދީ މަގުގައި ހުންނަ ފިހާރައެއްގެ ކޭޝިޔަރެއްގެ ގޮތުގައި މަސައްކަތްކުރި ދުވަސްތަކުގައި ފިހާރައިން ގިނަ އަދަދެއްގެ ފައިސާ އާއި މުދާ ވަގަށް ނެގިކަމަށް ތުހުމަތު ކުރެވޭ މައްސަލަ ޖެނުއަރީ އަށް ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓު ކުރި ކަމަށާއި މި މައްސަލައާއި ގުޅިގެން އެ އަންހެންމީހާ ފެބްރުއަރީ ނުވަ ވަނަ ދުވަހު ހައްޔަރުކޮށްފައިވާއިރު، ޝަރީއަތް ނިމެންދެން ބަންދުގެ މުއްދަތު ކޯޓުން ދީފައިވެއެވެ.
ކޯޓުގެ ބަންދު އަމުރުގައި ބުނެފައިވާގޮތުގައި ފިހާރައިގެ ވަތްގަނޑުން ފައިސާ ނަގާ މަންޒަރު ސީސީޓީވީ ފުޓޭޖްތަކުން ފެނެއެވެ.

































