ދ. ކުޑަހުވަދޫގައި އަލަށް އިމާރާތްކުރާ ބީއެމްއެލްގެ އިމާރާތުގެ ބިންގާ އަޅައިފިއެެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ދ. އަތޮޅުގެ ރަށްތަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން، ކުޑަހުވަދޫގައި އަލަށް އިމާރާތްކުރެވޭ ބީއެމްއެލްގެ އިމާރާތުގެ ބިންގާ އެޅީ އެ ރަށުގައި މިއަދު ހަވީރު އޮތް ރަސްމިއްޔާތެއްގަ އެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި ކެބިނެޓްގެ ވަޒީރުން ބައިވެރިވެވަޑައިގެން މި ރަސްމިއްޔާތުގައި ބީއެމްއެލް ކުޑަހުވަދޫ ބްރާންޗުގެ އާ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބު އާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފެވެ.
ކުޑަހުވަދޫ ބްރާންޗުން ބުނީ އަލަށް އިމާރާތްކުރެވޭ ބީއެމްއެލްގެ އިމާރާތުގެ ބިންގާ އެޅިއިރު ސެލްފް ސާވިސް އިތުރު އޭޓީއެމެއްގެ ހިދުމަތް މިއަދު ފަށާފައިވާ ކަމަށެވެ
. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކުގެ ޙިދުމަތް ލިބޭނެ ގޮތް ހެދުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެމަނިކުފާނު ވަނީ މި އަހަރު ނިމުމުގެ ކުރީން ރާއްޖޭގެ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމް ބަހައްޓާ ޙިދުމަތް ފެށުމަށް ނިންމަވާފަ އެވެ.

































