ރާއްޖޭގެ ޓެކްސީ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ ގޮތް ހަމަޖެއްސުމަށްޓަކައި، އޫބަރ/ލިފްޓް/ގްރޭބް ސްޓައިލްގެ އެޕްލިކޭޝަނެއް ތަޢާރަފުކުރުމަށް ވަނީ ނިންމާފައެވެ. މި އައު އެޕްލިކޭޝަން ތަޢާރަފުކުރުމާ ގުޅިގެން، ރައްޔިތުންނަށް ލުއިފަސޭހަ އަދި ޒަމާނީ ގޮތަކަށް ޓެކްސީ ޚިދުމަތް ލިބިގެންދާނެއެވެ.
މި އެޕްލިކޭޝަނަކީ ދަތުރުވެރިންނަށް ފަސޭހައިން ދަތުރު ބުކްކޮށް، ރިޒަރވްކޮށް، އަދި ޓްރެކްކުރެވޭނެ ގޮތަށް ފަރުމާކުރެވިފައިވާ އެޕްލިކޭޝަނެކެވެ. މީގެ އިތުރުން، ދަތުރުގެ އަގު ދެއްކުމަށް ކާޑު ނުވަތަ ވޮލެޓް/އެޕް މެދުވެރިކޮށް ފައިސާ ދެއްކުމުގެ އިންތިޒާމު ހަމަޖެހިފައިވާ އެޕްލިކޭޝަންއެކެވެ.
އެޕްލިކޭޝަނުގައި ޕްރޮފައިލް އުފެއްދުމުގެ އިތުރުން، ގެސްޓް ޔޫޒަރގެ ގޮތުގައިވެސް ބޭނުންކުރެވޭނެއެވެ. އަދި ކުރީގެ ދަތުރުތަކުގެ ހިސްޓްރީ ބެލުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ. ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި، ދަތުރުފަތުރާ ގުޅޭ ޑޭޓާ އެއްކުރެވި، އެނަލައިޒް ކުރެވޭނެއެވެ. މި ޑޭޓާ ބޭނުންކޮށްގެން، ޓެކްސީ ޚިދުމަތް އިތުރަށް ހަރުދަނާކުރެވިގެންދާނެއެވެ.
އެޕްލިކޭޝަނުގައި ހިމެނޭ އެލްގޮރިތަމް މެދުވެރިކޮށް، އޮޓޮމެޓިކުން ޑްރައިވަރުން ދަތުރުތަކަށް ކަނޑައެޅޭނެއެވެ. މި އެލްގޮރިތަމް ބިނާވެގެންވަނީ ދަތުރު ރިކުއެސްޓް ކުރި ހިސާބާ އެންމެ ކައިރީގައި އުޅޭ ޓެކްސީއަކަށާއި، އެވަގުތު ދަތުރުކުރެވެން އޮތް ޓެކްސީއަކަށެވެ. މިގޮތުން، ދަތުރުކުރަން ދެކޮޅުހެދުމުގެ ހުއްދައެއް އެއްވެސް ޓެކްސީ ޑްރައިވަރަކަށް ނޯންނާނެއެވެ.
މާލެ ސަރަހައްދުގައި އިލެކްޓްރޯނިކް ޓެކްސީ (އީވީ) ގެ ޚިދުމަތް ދޭން އެމްޓީސީސީ އާ ހަވާލުކޮށްފައި ވަނީ 12 ފެބްރުއަރީ ގައި މީރުމާގެ ކާނިމާ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
ބޭއްވި މިރަސްމިއްޔާތުގައި އެއްބަސްވުމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް އަހްމަދު ޝަމީމެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީ އެވެ.

































