އއ. އުކުޅަސްގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ. މަރުވަފައިވަނީ އުޒްބަކިސްތާންގެ އުމުރުން 75 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މިއަދު 17:20 އެހާކަންހާއިރު އއ. އުކުޅަސްއަށް އައިސް އުޅުނު ފަތުރުވެރިޔަކު ގެނބިގެން މަރުވެފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ފުލުހުން ގެންދަނީ މި މައްސަލަ ތަހުޤީގު ކުރަމުންނެވެ.

































