އެމްޑީޕީން 31 ޖެނުއަރީ ވާ ހުކުރު ދުވަހު ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާ ”ފުދިއްޖެ-ފުނޑިއްޖެ“ ހިނގާލުން ހުކުރު ދުވަހުގެ ރެއަށް ބަދަލުކޮށްފިއެވެ.
އެމްޑީޕީން މި ހިނގާލުން ބޭއްވުމަށް ނިންމީ 31 ޖެނުއަރީވާ ހުކުރު ދުވަހުގެ ހަވީރު 4:00 ގައެވެ. ނަމަވެސް އެމްޑީޕީން ވަނީ ހިނގާލުމުގެ ގަޑި ބަދަލުކޮށްފައިވާކަން ހާމަކޮށްފައެވެ. އެމްޑީޕީގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ 31 ޖެނުއަރީވާ ހުކުރު ދުވަހުގެ ހަވީރު ބާއްވާ ހިނގާލުން އެރޭ 8:00ށް ބަދަލުވެފައިވާ ކަމަށެވެ. އަދި ކުރިންވެސް ރާވާފައިވާ ގޮތަށް ހިނގާލުމަށް މީހުން އެއްވާން ޖެހޭނީ އާޓިފިޝިއަލް ބީޗަށް ކަމަށް އެކްސްގައި ކުރި ޕޯސްޓްގައި ބުނެފައިވެއެވެ.
އެމްޑީޕީން ވަނީ މީގެ ކުރިންވެސް ބޮޑު އެއްވުމެއް ބާއްވާފައެވެ. އެއީ ”ގާނޫއަސާސީގެ ދިފާއުގައި“ ނަމުގައި ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

































