ހުޅުމާލެއިން ބިދޭސީއަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާއި ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
ހޯދަމުންދަނީ އިންޑިއާ ރައްޔިތެއްކަމަށްވާ އުމޭޝް މާންޖީ (41އ) އެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، އުމޭޝް މާންޖީ ހޯދަމުންދަނީ 2024 ޑިސެންބަރު 14 ވަނަ ދުވަހުގެ ހެނދުނު 07:00 އެހާކަންހާއިރު އޭނާ ދިރިއުޅޭ ހުޅުމާލެ ފޭސް 1ގެ ޓެމް ޕްލޭން 61 އިން ނިކުމެގެން ދިޔަފަހުން އެއްވެސް ފަރާތަކަށް ހަބަރެއް ނުވެ، ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެންނެވެ. އަދި އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާއެކު ކަމާ ގުޅުންހުރި އެންމެހާ ބަހާތަކަށް އެކަމުގެ މައުލޫމާތު ހިއްސާކުރެވި، ހޯދުމަށް މިހަތާނަށް ކުރެވުނު މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އަދި އުޅޭތަނެއް ހޯދިފައިނުވެއެވެ.
ވީމާ، އުމޭޝް މާންޖީ އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި، ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަންގެ އިންވެސްޓިގޭޝަން ނަންބަރު 9980062 އަށް ގުޅުއްވައި ހިއްސާކުރެއްވުުން އެދެމެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާކަމަށެވެ.

































