ލޯބިވާ މީހަކާއެކު ދިރިއުޅުމަކީ ކިހާ އުފާވެރި ކަމެއް ހެއްޔޭ؟ ކާވެންޏަށް ފަހު ދެފަރާތުގެ ދެމެދުގައި ލޯބި އޮތް ނަމަވެސް ހިތްހަމަނުޖެހުންތައް ވެސް ހުންނާނެއެވެ. އަދި އެފަދަ ވަގުތުތަކުގައި، އަޅުގަނޑުމެން ބައެއްފަހަރު ހިތުގައި ފޮރުވާފައި ހުންނަ ބައެއް ވާހަކަތައް ބައިވެރިއާ ދިމާލަށް ބުނެއެވެ. މިސާލަކަށް، ”މިކަން ކަލޭގެ ކިބައިން އެނގިފައި އޮތްނަމަ، އަހަރެން ކަލެއާ އަހަރެން ކާވެނި ނުކުރީމު ހޭ.“ ޙަޤީޤަތަކީ، ރައްޓެހިވެގެން ލޯބިވެރިއެއްގެ ގޮތުގައި އުޅުމާއި ކައިވެނިކޮށްގެން ދެމަފިރީންގެ ގޮތުގައި އެކުގައި ދިރިއުޅުމަކީ ތަފާތު ދެ ކަމެވެ. ކާވެނީގެ ކުރިން ލޯބިވެރިޔާގެ ފޯނު ކޯލަށް އިންތިޒާރު ކުރެވެއެވެ. މެސެޖް ކުރެވެއެވެ. ވަގުތު ހޭދަ ކުރާ ގޮތް ބަލައެވެ. ކާވެންޏަށް ފަހު، ބަދަލުވެއެވެ. ބިޒީވެއެވެ. ތިމާގެ އަނބިމީހާ ނުވަތަ ފިރިމީހާ ކޮބައިތޯ ބަލާނެ ވަގުތެއް ނުވެއެވެ.
މިއަދު ގިނަ މީހުންގެ ކިބައިގައި ހުންނަ ކެތްތެރިކަމުގެ މިންވަރަށް ބަލާއިރު، ވަރިވުމުގެ ނިސްބަތް އިތުރު ވަމުންދާކަމީ އަޖައިބުވާންޖެހޭ ކަމެއް ނޫނެވެ. ނަމަވެސް ކައިވެނިކުރުމުގެ ކުރިން އެކަކު އަނެކަކު ދެނެގަނެވިއްޖެނަމަ، މިސާލަކަށް ރުޅިއަންނަ ކަންތަކާއި ހިތްހަމަ ޖެހޭ ކަންތައް އަދި ދެރަވާނެކަންތައް އެގި ދެފަރާތުގެ އާއިލާ އޮންނަ ގުޅުންތަކާއި މިފަދަކަންތައް އެނގި ދަސްވެއްޖެ ކާވެނީގެ ފަހު ދެފަރާތުގެ ދެމުދުގައި އޮންނަ ގުޅުމަށް އެހީތެރިވެދޭނެތަ؟
މުންބާއީގެ ގުޅުންތަކާބެހޭ ނަފްސާނީ ފަރުވާދޭ ޑޮކްޓަރެއް އަދި ދިރިއުޅުމުގެ ކޯޗެއް ކަމުގައިވާ އާރުތީ ޗަވްލާ އިންޑިއާ ޓުޑޭ އަށް ބުނެފައިވަނީ، މީހުން ތަފާތު ސަބަބުތަކާ ހުރެ ކައިވެންޏާ ދުރަށް ދާކަމަށެވެ.
އާއިލާ އެއްވެސް ވަގުތެއް ނުދެވި މަސައްކަތުގައި ހޭދަކުރުމާއި، ކަމެއް ދިމާވުމުން ކެތްތެރިކަން ކުޑަވެ ދިމާވާ ކަންކަން ދެފަރާތުންވެސް ތަޙައްމަލުކުރުމުގެ ޤާބިލުކަން ނެތުމުގެ ސަބަބުން ކާވެނިތައް ރޫޅިގެން ދިއުމުގެ މައިގަނޑު ސަބަބުތަކެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއެވެ. ޒަމާން ބަދަލުވެއްޖެއެވެ. މައިންބަފައިން ރުހުން ހޯދައި، އަދި މީހަކަށް ލޯބި ހުށަހެޅުމަށް ސިޓީ ލިޔުނު ދުވަސްވަރު މިހާރު ވަނީ ފާއިތުވެގެން ގޮސްފައެވެ. މިހާރު ވަނީ ކަނާތްފަރާތަށާއި ވާތްފަރާތަށް ސްވައިޕްކުރުން ފަސޭހަވެފައެވެ. ކަންކަން ރަނގަޅަށް ނުހިނގައިފިނަމަ، ކޮންމެ މީހަކުވެސް ބޭނުންވަނީ އެހެން މީހަކާ ގުޅެން ތައްޔާރުވެއެވެ. މިހެން ވުމުގެ ސަބަބުން ވަރި އާއި ކާވެނީގެ ލިސްޓް އިތުރުވެއެވެ. ޗަވްލާ އިތުރަށް ބުނެފައިވަނީ، ކާވެނީގައި ކަންކަން ރަނގަޅަށް ނުހިނގައިފިނަމަ އެހެން ’އޮޕްޝަނެއް‘ ހޯދުން މިހާރު ވަނީ ފަސޭހަވެފައި ކަމަށެވެ. ވީމާ ކާވެނީގެ ކުރިން އޮންނަ ލޯތްބާއި އަޅާލުން، އަދި އޯގާތެރިކަން ނެތި ދިއުމަކީ ހަމަ ކާވެންޏަށް ފަހު ބޮޑެތި މައްސަލަތައް ކުރިމަތި ވާނެ ކަމެކެވެ. އަދި އެހެން “އޯގާތެރިކަމެއް“ ހޯދަން ޖެހެއެވެ.

































