މިފްކޯގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އަހުމަދު ޝަރީފް އެ މަގާމުން މިއަދު ވަކިކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް (ޕީސީބީ) ގެ ރަސްމީ އެކްސް އެކައުންޓުން މިއަދު ކޮށްފައިވާ ޕޯސްޓުގައި ބުނީ، މިފްކޯގެ ޗެއާޕާސަން ކަމުން ޝަރީފް ވަކިކޮށް، އޭނާ އައްޔަން ކުރައްވާފައިވަނީ މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން (އެމްފޯމްޕީސީ) ގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް ކަމަށެވެ.

ޝަރީފް އައްޔަން ކުރެއްވި ކުންފުންޏަކީ ސަރުކާރުގެ ސަތޭކަ ޕަސެންޓް ހިއްސާ އެކުލެވޭ، މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ ގޮތުން ރާއްޖޭގައި ބާނާ މަސް، ބޭރުގެ ބާޒާރަށް ނެރުމަށް މާކެޓް ކުރުމަށް އުފައްދާފައިވާ ކުންފުންޏެކެވެ.

































