ރާއްޖޭގެ ވެރިކަން ކުރާ ރަށް ކަމުގައިވާ މާލޭގެ މޭޔަރުގަ ހައިސިއްޔަތުން، މިއަދު މާލޭގެ ރައްޔިތުނަށް އަމާންކަމާއި ރައްކާތެރިކަން ނެތްކަމުގެ އިހްސާސު އިންތިހާއަށް ކުރެވޭކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ހިއްސާކުރައްވައިފިއެވެ.
މޭޔަރު އާޒިމް އެކްސްގައި އިއްޔެ ހިއްސާކުރެއްވި ޕޯސްޓުގައިވަނީ، މައިންނާއި ޅަދަރީން ރޭގަނޑު އަރާމުކުރާ ވަގުތުގައި ގޭގެއަށް ވަދެ އާއިލާގެ ނިދި ގެއްލުވާލައި ފުލުހުން ރޭޑްތައް ހިންގުމުން، އާއިލާތައް މިވައްޓާލެވެނީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރެއަށެވެ. މިއަދު މިފަދަ ކަންކަން ހިނގާތައް، ފެނުމަކީ އަޅުގަނޑަށް ވަރަށް ބޮޑު މާޔޫސް ކަމެއް ލިބޭ ކަމެކެވެ.

އާޒިމްގެ ފޯސްޓުގައި އިތުރަށް ހިއްސާކޮށްފައިވެ އެވެ. އަޅުގަނޑުމެންނަށް މީގެ ކުރިންވެސް މިފަދަ ހާދިސާތައް ވަނީ ތަޖުރިބާކުރެވިފައެވެ. އަމިއްލައަށް އުފަންކުރުވާ އިންޓެލިޖެންސް ރިޕޯޓާއި އަދި ފްރޭމްކުރުމަށް ހެކި ބަހައްޓާގެން ހިންގި ރޭޑުތަކުން އެތަށް އާއިލާތަކަކަށް ވަނީ އަނިޔާއި ހިތާމަ ބޭއިންސާފުން ލިބިފައެވެ. އަދި މިއަދާ ހަމައަށްވެސް މިފަދަ ބޮޑެތި ޖަރީމާތައް ހިނގި ފަރާތްތައް އިންސާފު ކުރިމައްޗަށް ގެނެވިފައިނެތެވެ.
އާޒިމްގެ ފޯސްޓުގައި، މިފަދަ ހިތާމަވެރިކަންކަން، އަމިއްލައަށް ތަހައްމަލުކޮށްފައިވާ މީހެއްގެ ހައިސިއްޔަތުން ދަންނަވަންއޮތީ، ޤާނޫނު ތަންފީޒު ކުރައްވާ ފަރާތްތަކުގެ އަމަލުތަކުގައި ޕްރޮފެޝަނަލިޒަމް ދަމަހައްޓަވައި ދެއްވާށެވެ. މިއަދު ލިބިފައިވާ ބާރު ބަދަލު ހިފުމުގެ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރެއްވުމުން، ދުރުހެލިވެތިބުމަށް، އަޅުގަނޑު ފުލުންހުންގެ މުއައްސާސާއަށް ހަނދާންކޮށްދެމެވެ. އަޒިމްގެ ފޯސްޓުގައި ހިއްސާކޮށްފައިވެއެވެ.
ބެލެވޭ ގޮތުގައި މޭޔަރ އާދަމްއާޒިމުގެ މިފޯސްޓު އަމާޒުކޮށްފައި އެވަނީ މިމަހުގެ 27 ގައި ، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ހިޔާނާތުގެ މައްސަލަ އާ ގުޅިގެން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި މޫސާ އަލިމަނިކު (މޫކޭ) ދިރިއުޅުއްވާ ގެ ބަލާފާސްކުރުމަށް ދަންވަރުގެ ފުލުހުން އެގެއަށް ވަތްމައްސަލައާއި ގުޅިގެންކަމަށް ބެލެވެއެވެ.

































