• About
  • Advertise
  • Privacy & Policy
  • Contact
N News
Advertisement
  • ހޯމް ޕޭޖް
  • ޚަބަރު
    • ހުރިހާ
    • ވިޔަފާރި
    • ދުނިޔެ
    • ސައިންސް
    • ސިޔާސީ
    މިފްކޯގެ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމަށް 3 އެއްބަސްވުމެއްގައި ސޮއިކޮށްފި

    ދިވެހިންގެ ”ފޯރިކެނޑެނީ“

    ދިވެހިންގެ ”ފޯރިކެނޑެނީ“

    އާޓިފިޝަލް ބީޗްގައި ވޯލްޑްކަޕް ބެލޭނެ އިންތިޒާމު ހަމަ ޖައްސަނީ

    އައްޑޫ ސިޓީއަށް މަސްތުވާ ތަކެތި އެތެރެ ކުރި  މީހަކު ހައްޔަރުކޮށްފި

    އ.ދ. ގެ މައި މަރުކަޒުގައި ރާއްޖޭގެ ތުނޑު ކުނަލެއް ބަހައްޓައިފި

    ގިރާވަރުފަޅުން ޖޫން މަހު ގޯތި ދޫކުރަން ފަށާނެ: ރައީސް

    Trending Tags

  • ޓެކްނޮލޮޖީ
    މޯބައިލް ފޯނު ހިފައިގެން ފާހާނައަށް ވަންނަނީ ކާކު؟

    އަހަރެންގެ ޚިޔާލު: ބެލެނިވެރިންނާއި ޓީޗަރުންވެސް ސޯޝަލް މީޑިއާގަ!

  • މުނިފޫހިފިލުވުން
    • ހުރިހާ
    • ކުޅިވަރު
    • މިއުޒިކް
    • ގޭމިން

    ޕްރެޒިންޑެންޓް ކަޕްގެ ފައިނަލް މެޗް ރައީސުލްޖުމުހޫރިއްޔާ ޝަރަފުވެރި ކޮށްދެއްވައިފި

    މީދޫ ވޮލީކޯޓް ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން ހުޅުއްވައިދެއްވައިފި

    އެފްއޭއެމް އިން ލީގުގައި ކުޅޭ އަންހެން ކޮންމެ ޓީމަކަށް 100،000 ރުފިޔާ ދެނީ

    ބާސެލޯނާ އަތުން ޗެލްސީ އަށް ފަސޭހަ މޮޅެއް

    ރައީސް، ޒެމްބިއާ ބެޑްމިންޓަން ސީރީޒްގައި މެޑަލް ހޯދި އެތުލީޓުންނަށް ތަހުނިޔާ ވިދާޅުވެއްޖެ

  • ލައިފްސްޓައިލް
    • ހުރިހާ
    • ކާނާ
    • ސިއްޙަތު
    ހދ. ވައިކަރަދޫގައި ގްރީން ހައުސް އަޅައިފި

    ލޭ ލިބުން ދަތިވެ، އާންމުންގެ އެހީއަށް އެދިއްޖެ

    ބަރުދަން ލުއިވާނެ ކަމަށް ބުނެ ބޭހެއް ވިއްކާތީ އިޒާރެއް

    ނޭވާލާ ނިޒާމުގެ ބަލިތައް ވެސް އިތުރުވާތީ ސަމާލުވާން އެޗްޕީއޭއިން އެދިއްޖެ

    ނިދާއިރު ކައިރީގައި މޯބައިލް ފޯނު ނުބާއްވާތި!

    ދުނިޔޭގެ އެއިޑްސް ދުވަސް: މިހާތަނަށް 44.1 މިލިއަން މީހުން މަރުވި

  • ރިވިއު
ނަތީޖާއެއް ނުލިބެއެވެ
ހުރިހާ ނަތީޖާއެއް ބަލާށެވެ

ހޯމް ރިޕޯޓް

2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއަށް ފަހު ޤައުމު އާރާސްތުކުރުމުގައި ދިވެހިޤައުމީ ދިފާޢީ ބާރު

އިބްރާހިމް އާޒިމް - އިބްރާހިމް އާޒިމް
ޑިސެމްބަރ 26, 2024
އެތެރެ ރިޕޯޓް
0
2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއަށް ފަހު ޤައުމު އާރާސްތުކުރުމުގައި ދިވެހިޤައުމީ ދިފާޢީ ބާރު

ފޮޓޯ؛ އެމްއެންޑީއެފް

0
ޝެއާސް
15
ވިއުސް
Share on FacebookShare on Twitter

2004 ވަނައަހަރު ދުނިޔެއަށް ކުރިމަތިވި ސުނާމީ ކާރިސާއަކީ، ޖަޒީރާ ރަށްތަކަކުން އުފެދިފައިވާ މި ކުޑަކުޑަ ދިވެހި ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް، އެ ކާރިސާގެ ސަބަބުން ނަފްސާނީ ގޮތުންނާއި، ޖިސްމާނީ ގޮތުންނާއި އަދި އިޤުތިޞާދީ ގޮތުން ވެސް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިގެންދިޔަ ކާރިސާއެކެވެ. މި ކާރިސާއިން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ޓަކައި ޤައުމީ ފެންވަރުގައި ކުރެވުނު މަސައްކަތްތަކުގައި އެންމެ މުހިންމު ރޯލެއް އަދާކުރި އެއް ބަޔަކީ ދިވެހި ސިފައިންނެވެ.

2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހުގެ 09:20 ގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ސުނާމީ އަރަން ފެށުމާއެކު، ރައްޔިތުންނާއި މުދާ ސަލާމަތް ކުރުމަށް ޤައުމީ ދިފާއީ ބާރުން ހަރަކާތްތެރިވާން ފެށިއެވެ. އެގޮތުން ސުނާމީގެ ސަބަބުން ގިނަ ރަށްތަކެއްގެ މުވާޞަލާތީ ގުޅުންކެނޑިފައި ވުމުން، އުޅަނދުތަކުގައި ރަށްރަށަށް ގޮސް ހާލު ދެނެގަތުމުގެ މަސައްކަތް ކޯސްޓްގާޑުން ވަގުތުން ފެށިއެވެ. ހަމައެއާއިއެކު ”ޤައުމީ ކާރިސާގެ ޙާލަތު ވަޒަންކުރުމާއި އެހީ ވިލަރެސްކުރާ މަރުކަޒު“ އިސްކަންދަރު ސްކޫލުގައި ޤާއިމްކޮށް، ކާރިސާ ގައި ރާއްޖޭގެ އެކިކަންކޮޅުތަކަށް ލިބުނު ގެއްލުންތައް އޮޅުންފިލުވައި ހޯދުމުގެ މަސައްކަތް ސިފައިން ފެށިއެވެ.

އެގޮތުން ހާލުގައި ޖެހުނު މާލެއާއި ކައިރި ރަށްތަކުގެ މީހުން ބޭތިއްބުމަށް މާލޭގެ ހަތަރު ސްކޫލެއްގައި ”ރިލީފް ސެންޓަރ“ ތަކެއް ޤާއިމްކޮށް، އެ ތަންތަނުގައި މީހުން ބައިތިއްބައިގެން ބެލެހެއްޓުމުގެ މަސައްކަތްތަކުގައި ވެސް އިސްވެ ސިފައިން ދިޔައީ ހަރަކާތްތެރި ވަމުންނެވެ. އަދި ހަމައެހެންމެ ރިލީފްގެ މަސައްކަތްތައް ހިނގަމުން ދިޔައިރު، ވަކި މޭޒެއް ބަހައްޓައިގެން، ސުނާމީއާއި ގުޅުންހުރި ސާފު ތެދު މަޢުލޫމާތު ޢާންމު ރައްޔިތުންނަށް އަވަހަށް ފޯރުކޮށްދިނުމަށް ޓަކައި، ދިވެހިރާއްޖޭގެ އަޑާއި ޓީވީ މޯލްޑިވްސް މެދުވެރިކޮށް ސިފައިން ގެންދިޔައީ، ކާރިސާގެ މައުލޫމާތާއި، ރައްޔިތުންނަށް އެނގެންޖެހޭ އެހެނިހެން މުހިންމު ކަންކަންކަމުގެ މައުލޫމާތު ފޯރުކޮށްދެމުންނެވެ.

2004 ޑިސެންބަރު 30 ވަނަ ދުވަހު ”ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރ“ (އެން ޑީ އެމް ސީ) އުފެއްދެވުމުން، އެ ސެންޓަރުގެ ލޮޖިސްޓިކް ޑިޕާރޓްމެންޓުގައި ވެސް ސިފައިން ދިޔައީ އިސްދައުރެއް އަދާކުރަމުންނެވެ. އެގޮތުން ދަތުރުފަތުރު ހަމަޖެއްސުމާއި، ރާއްޖެއާއި ރާއްޖެއިން ބޭރުންލިބޭ އެހީ، ކަމާބެހޭ ފަރާތްތަކުން ކަނޑައަޅުއްވާ ތަންތަނަށް ފޮނުވުމާއި، ބާޒާރުން ގަންނަންޖެހޭ ތަކެތި ގަތުމަކީ އެސެންޓަރުގައި ސިފައިން ކުރަމުން ދިޔަ ބައެއް މަސައްކަތްތަކެވެ.

ސުނާމީގެ ސަބަބުން އެންމެބޮޑަށް ގެއްލުން ލިބުނު ރަށްތައް ސާފުކުރުމަށް، 2004 ޑިސެންބަރު 31 ވަނަ ދުވަހު ސިފައިންގެ ޓީމުތައް ފުރަންފެށިއެވެ. މި ޓީމުތަކުގެ މައިގަނޑު މަސައްކަތްތަކަކީ، ރަށުތެރެ ސާފުކުރުމުގައި ރައްޔިތުންނަށް އެހީތެރިވުމާއި، ނަރުދަމާ ނިޒާމު ރަނގަޅުކުރުމުގައި އެހީތެރިވެދިނުމާއި، އަދި ރައްޔިތުން ޢާންމު ހާލަތަށް ގެނައުމަށް ރައްޔިތުންނާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައްކޮށް އެހީތެރިވެ ދިނުމެވެ. މިގޮތުން ސިފައިން ދިޔަ ކޮންމެ ރަށެއްގައި ވެސް އެ ރަށްރަށުގެ ރައްޔިތުންނާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. ސުނާމީގެ ސަބަބުން ގިނަ ރަށްތަކަކަށް ވަދެނުކުތުމަކީ ދަތިކަމެއް ކަމުގައި ވީ ނަމަވެސް އެރަށްތަކަށް ދަތުރުކޮށް ބޯފެނާއި، ކާބޯތަކެއްޗާއި، އަންނައުނާއި އަދި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ އެހެނިހެން ސާމާނު ރައްޔިތުންނަށް ފޯރުކޮށްދެމުން ދިއައީ ރެޔާއި ދުވާލު، އަތްވާއި ވާރޭގައި ނުހަނު ލޯތްބާއި އެކުގައެވެ. ހަލާކުވެ ވެއްޓިފައިވާ ފާރުތައް ކޮޅަށް ޖަހައިދީ، ރަށްރަށުގެ ވީރާނާވެފައިވާ މަގުތަކާއި ގެތަށް ސާފުކޮށްދީ، މަރުވެފައިވާ ގަބުރުތައް ވަޅުލައިދިނެވެ. އެ ދުވަހުގެ އެ ހާލަތުގައި ސިފައިންގެ ކޮއްތަކީ މާލެއިން ރާޝަނުގެ ގޮތުގައި ގެންދިޔަ ތައްޔާރީ ކާނާއެވެ. އުޅެމުންދިޔައީ ޓެންޓު ޖަހައިގެން ނުވަތަ ހާލަތާއި އެއްގޮތަށް އެ ރަށަކުން އެ ފަހަރަކު ލިބެންހުރި ތަނެއްގައެވެ. ސުނާމީ ކާރިސާގެ ސަބަބުން މި މަސައްކަތުގައި ހަރަކާތްތެރިވި ބައެއް ސިފައިންގެ ޢާއިލާގެ މީހުން، ޙާއްޞަކޮށް މައިންބަފައިން ގެއްލި، ގެދޮރު ވީރާނާވެ ގޮސްފައިވާކަން އެނގޭ ހާލު ވެސް އެދުވަހު އެ ސިފައިން އިސްކުރީ ޤައުމީ ވާޖިބެވެ.

ސުނާމީގެ ސަބަބުން ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ހަމަހަމަކަމާ އެކު އެހީތެރިކަން ފޯރުކޮށްދީ، ރައްޔިތުންގެ ވިއްސިވިހާލިވެފައިވާ ދިރިއުޅުން ޢާންމު ހާލަތަކަށް ގެނެސްދިނުމަށް ޓަކައި 2005 ޖަނަވަރީ 5 ވަނަ ދުވަހު، ރާއްޖެ 7 ސަރަހައްދަކަށް ބަހާލައި، 7 އަތޮޅެއްގައި ”ފޯވާރޑް ކޯޑިނޭޝަން ސެންޓަރ“ (އެފް ސީ ސީ) ސިފައިން ޤާއިމް ކުރިއެވެ. އަދި މި ސެންޓަރުތަކުގެ ބެލުމުގެދަށުން އެ ސަރަހައްދުގެ ރަށްތަކަށް ދަތުރުކޮށް އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ އެހީތެރިކަން ފޯރުކޮށްދެމުން ގެންދިޔައެވެ. މިގޮތުން ބޯހިޔާވަހިކަން ގެއްލިފައިވާ ފަރާތްތަކަށް ވީހާވެސް އަވަހަކަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެގޮތުން، ޓެންޓް ޖަހައި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭން ފެށުނެވެ.

2005 ޖަނަވަރީ 6 ވަނަ ދުވަހު، އާރާސްތު ކުރުމާއި ބެހޭ ސިފައިންގެ ޓީމުތަކެއް ރާއްޖޭގެ 13 ރަށެއްގައި ހަރަކާތްތެރިވާން ފެށިއެވެ. މި ޓީމުތަކުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ދާއިމީ ހިޔާވަހިކަމެއް ލިބެންދެން، ދިރިއުޅެވޭނެ 600 އަށްވުރެ ގިނަ ވަގުތީ ހިޔާ، 30 އަށްވުރެ ގިނަ ރަށުގައި އަޅައިދީފައި ވެއެވެ. މީގެއިތުރުން ވެސް މި ޓީމުތަކުން ރަށްރަށުގެ މިސްކިތްތަކާއި، ސްކޫލްތަކާއި، ޞިއްޙީ ފަރުވާދޭ ތަންތަންތަނާއި އަދިވެސް އެހެނިހެން މުހިންމު ތަންތަން އިމާރާތް ކޮށްދީފައި ވެއެވެ.

ސިފައިންގެ ބެލުމުގެ ދަށުން ކުރި މުހިންމު އަނެއް މަސައްކަތަކީ، ބޭރުގެ ޤައުމުތަކުންނާއި، އެކި ޖަމާއަތްތަކުން އެހީގެގޮތުގައި ރާއްޖެއަށް ފޮނުވާ ސާމާނު، ހުޅުލެއަށް ބާލައި، ގުދަންކޮށް، ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް ފޯރުކޮށްދިނުމެވެ. ރަށްރަށަށް ފޮނުވުމަށް ޓަކައި މި ތަކެތި ބަރުކުރުމާއި، އަދި ހަމަ އެ ރަށްރަށަށް މުދާ ދިއުމުން މުދާބާލައި، ރައްޔިތުންނަށް ފޯރުކޮށްދެވެންދެން އެ މުދާ ބަލަހައްޓައި، ފޯރުކޮށްދިނުމަކީ ހިންގުނު އުނދަގޫ، ބުރަބޮޑު އޮޕަރޭޝަންއެކެވެ. ހަމަ މި އޮޕަރޭޝަންގެ ތެރެއިން، ގެދޮރާއި އަސާސީ ތަކެއްޗަށް ގެއްލުން ލިބުނު ފަރާތްތަކަށް ސަރުކާރުން ދިނުމަށް ނިންމެވި، ފައިސާގެ އެހީ ފޯރުކޮށްދިނުމުގެ ޒިންމާ ވެސް އަދާކުރީ ސިފައިންނެވެ. މިގޮތުން ރަށްރަށަށް ދަތުރުކޮށް ލިބިފައިވާ ގެއްލުންތައް ބަލައި، ފައިސާ ދިނުމަށް ކަނޑައެޅިފައިވާ ގިންތިތަކުގެ ތެރެއިން، އެ ތަނެއް ފެތޭ ގިންތިއަކަށް ކަނޑައެޅިފައިވާ މިންވަރަކަށް ފައިސާ ހަވާލުކުރަމުން ގެންދިޔައެވެ.

2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި، މަސައްކަތްކުރި ސިފައިންގެ ޤުރުބާނީން ދައްކުވައިދީފައި ވަނީ، ސިފައިންގެ ހިތުގައިވާ ޤައުމީ ލޯތްބާއި ޤައުމީ ޖޯޝްއެވެ. ސިފައިންގެ އެއްބައިވަންތަކަމާއި ނުގުޑާފަދަ ޢަޒުމެވެ. ސިފައިންގެ ހިތްތަކުގައި ރައްޔިތުންގެ މައްޗަށް އޮތް ލޯތްބާއި ހަމްދަރުދީއެވެ. ކަމެއް ދިމާވާ ހިނދު، އަތްވާއި ވާރޭގައި، ރެޔާއި ދުވާލު އެއްވެސް ވަރުބަލިކަމެއް ޝަކުވާއެއްނެތި ރައްޔިތުންގެ ޚިދުމަތުގައި ދެމިތިބޭނެކަމެވެ.

އާޓިކަލް ރިފަރ: ޤައުމީ ދިފާޢީބާރު

ކުރީގެ ޕޯސްޓް

ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެނެސް، ބައެއް މިނިސްޓްރީތަކުގެ ނަން ބަދަލުކޮށްފި

ދެން އިން ޕޯސްޓް

ތުއްތު ކުދިންގެ“ ޗައިލްޑް ހެލްތު ރެކޯޑް“ ފޮތުގެ ގިނަ މައުލޫމާތު ޑިޖިޓަލްކޮށްފި

އިބްރާހިމް އާޒިމް

ތުއްތު ކުދިންގެ" ޗައިލްޑް ހެލްތު ރެކޯޑް" ފޮތުގެ ގިނަ މައުލޫމާތު ޑިޖިޓަލްކޮށްފި

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • ޓްރެންޑިންގ
  • ކޮމެންޓްތައް
  • އެންމެފަހުގެ
ވެލިދޫ ދާއިރާގެ މެމްބަރު އައްބާސްގެ ވަރުގަދަ ރައްދެއް ވަޒީރު މާރިޔާ އަށް!

މެއި 8, 2025
ފިރުޝާން ތުހުމަތުކުރައްވަނީ ރައީސް ޑރ މުއިއްޒު ހިންގަވަނީ ރަސްކަމެއްކަމަށް!

އޮކްޓޯބަރ 28, 2024
މޯލްޑިވްސް ކޮމިޔުނިޓީ ޕާޓީ( އެމްސީޕީ) އުފެއްދުމުގެ މަސައްކަތް ބާރަށް ކުރިއަށް،އިފްތިތާޙީ ޖަލްސާ ކުޅުދުއްފުށީގައި

ޑިސެމްބަރ 22, 2024
ރާއްޖޭގެމީހުން ދިރިއުޅޭ ރަށެއްގައި  ފުރަތަމަ ފަހަރަށް ފްލެޓްއަޅައިގެން ފްލެޓް ވިއްކާ ވިޔަފާރި އާރުސީސީއިން ފަށައިފި

އޭޕްރިލް 22, 2025
ކާމިޔާބީގެ ދަތުރުގައި ގިރާކުރަން އޮންނަ 3 އޮޅި!

ކުރީގެ ރައީސް ނަޝީދު އަވަހާރަ ކޮށްލަން ދިން ބޮމުގެ ހަމަލާގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފި

އެއާ  އަރަބިއާގެ  ފްލައިޓުތަކުގެ  ދަތުރުތައް ރާއްޖެއަށް  ފަށައިފި

އޭސީސީ އާއި އީސީގެ އިސްވެރިން އައްޔަންކުރުމުގެ ބާރު ރައީސަށް ދެނީ

އޭސީސީ އާއި އީސީގެ އިސްވެރިން އައްޔަންކުރުމުގެ ބާރު ރައީސަށް ދެނީ

0
މިފްކޯގެ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމަށް 3 އެއްބަސްވުމެއްގައި ސޮއިކޮށްފި

މިފްކޯގެ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމަށް 3 އެއްބަސްވުމެއްގައި ސޮއިކޮށްފި

މާރޗް 22, 2026
ދިވެހިންގެ ”ފޯރިކެނޑެނީ“

ދިވެހިންގެ ”ފޯރިކެނޑެނީ“

މާރޗް 21, 2026
އާޓިފިޝަލް ބީޗްގައި ވޯލްޑްކަޕް ބެލޭނެ އިންތިޒާމު ހަމަ ޖައްސަނީ

އާޓިފިޝަލް ބީޗްގައި ވޯލްޑްކަޕް ބެލޭނެ އިންތިޒާމު ހަމަ ޖައްސަނީ

މާރޗް 21, 2026
އައްޑޫ ސިޓީއަށް މަސްތުވާ ތަކެތި އެތެރެ ކުރި  މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީއަށް މަސްތުވާ ތަކެތި އެތެރެ ކުރި މީހަކު ހައްޔަރުކޮށްފި

މާރޗް 21, 2026

Recent News

© 2024 NNews

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

ނަތީޖާއެއް ނުލިބެއެވެ
ހުރިހާ ނަތީޖާއެއް ބަލާށެވެ
  • ސިޔާސީ
  • ވިޔަފާރި
  • ދުނިޔެ
  • ސައިންސް
  • މުނިފޫހިފިލުވުން
    • ކުޅިވަރު
    • މިއުޒިކް
    • ފިލްމު
    • ގޭމިން
    • ރިވިއު
  • ލައިފްސްޓައިލް
    • ކާނާ
    • ފެޝަން
    • ސިއްޙަތު
  • ޓެކްނޮލޮޖީ

© 2024 NNews