ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނަވަން ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމަވާފައިވާކަން ”އެންނިއުސް“ އަށް މައުލޫމާތު ލިބިއްޖެ އެވެ.
ސަރުކާރުގެ ޒިންމާދާރު އިސް އޮފިޝަލަކު ”އެންނިއުސް“ އަށް ހިއްސާކުރެއްވީ މައުލޫމާތުގައި، ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އެއްކޮށްލަން ނިންމާފައިވާ ވެއެވެ. އަދި އެ ދެ މިނިސްޓްރީ އެއްކޮށްލައި މިނިސްޓްރީގެ ހިންގުން ހަވާލުކުރަން ނިންމާފައިވަނީ ކޮންސްޓްރަކްޝަން މިނިސްޓްރީ ހިންގަވަމުން އަންނަ ޑރ. އަބްދުﷲ މުއްތޮލިބަށް ކަމަށެވެ. އަދި ހައުސިން މިނިސްޓަރަކަށް ހުންނެވި ޑރ އަލީ ހައިދަރު އަހްމަދުއާ ހަޔާ އެޑިއުކޭޝަން މިނިސްޓްރީ ހަވާލުކުރަން ނިންމާފައިވާ ކަމަށެވެ.
އަދި އެ ބަދަލުގެ އިތުރުން ހަޔާ އެޑިއުކޭޝަން މިނިސްޓަރަކަށް މިހާރު ހުންނެވި ޑރ މަރްޔަމް މާރިޔާއާ އެނިމަލް ވެލްފެއާ އެންޑް އެގްރިކްލަޗާ މިނިސްޓްރީ ހަވާލުކުރަން ނިންމާފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ. މި ގެންނަ ބަދަލުތަކާއި ގުޅިގެން ރަސްމީކޮށް އިތުރު ތަފުޞީލެއް ރައީސްއޮފީހުން ހިއްސާކޮށްފައި ނުވެއެވެ.

































