އާ އަހަރާ ދިމާކޮށް، ބަނގުރާ އަދި މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ ވިޔަފާރީ ކުރުން އިތުރުވެގެން ދާނެ ކަމަށް ބެލެވޭތީ، ފުލުހުން ޚާއްޞަ އޮޕްރޭޝަނެއް ފަށައިފިއެވެ.
ޑްރަގް އެންފޯސްމަންޓާއި ހުޅުމާލޭ ޕޮލިސް އާއި މެރިން ޕޮލިސް އަދި ކ. އަތޮޅު ޕޮލިސް ސޮޓޭޝަންތައް ގުޅިގެން މި ހާއްސަ އޮފްރޭޝަނަ ފަށާފައި ވަނީ އިއްޔެގައެވެ.
މި އޮޕަރޭޝަންގައި ހުޅުމާލެ ފަޅުތެރެ ޕެޓްރޯލް ކުރުމާއި ރަށުތެރެއަށް ބަނގުރާ އަރުވައި، ބަނގުރާ ވިއަކާ ކަމަށް ޝައްކުކުރެވޭ ކެފޭ، ރެސްޓޯރެންޓްތައް މޮނީޓަރކޮށް ގާނޫނާއި ގަވާއިދާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުން ގެންދާނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އާ އަހަރާ ދިމާކޮށް މަސްތުވާތަކެއްޗާއި، ބަނގުރާ ބޭނުންކޮށް، ވިއްކާ ވިޔަފާރި ކުރުން އިތުރުވާނެ ކަމަށް ބަލައި ފުލުހުންގެ އޮޕަރޭޝަންތައް ފަށަ އެވެ. އެފަދަ އޮޕަރޭޝަންތަކުން މަސްތުވާތަކެއްޗާއި ބަނގުރާ ގިނަ އަދަދަކަށް އަތުލައިވެސް ގަނެފައިވެ އެވެ.

































