މިހާރަކަށް އައިސް އޮންލައިންކޮށް މުދާ ގަތުމަށް ފައިސާ ދެއްކުމުން މުދާ ޑެލިވަރީ ނުކޮށްދޭ މައްސަލަތައް އިތުރު ވަމުން ދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ފާހަގަ ކުރައްވައިފިއެވެ. ހާއްސަކޮށް ފޭސްބުކްގައި ހިންގާ ”ހޯމް އާޓް ފަރުނީޗަރ“ ޕޭޖާ ގުޅޭ ފްރޯޑް މައްސަލަތައް ގިނަ އަދަދަކަށް ހުށަހެޅެމުންދާކަން ފުލުހުން ފާހަގަ ކުރައްވައެވެ.
އެހެންކަމުން، އޮންލައިންކޮށް މުދާ ގަންނައިރު މުދާ އަތަށް ލިބުމުން ނޫނީ ފައިސާ ނުދެއްކެވުމަށާއި ”ހޯމް އާޓް ފަރުނީޗަރ“ ޕޭޖުން މުދާ ގަތުމުގައި ވަރަށް ބޮޑަށް ސަމާލުވުމަށާއި އޮންލައިންކޮށް ވިޔަފާރިކުރައްވާނަމަ އެ ވިޔަފާރިއެއްގެ ޞައްޚަކަށް ކަށަވަރު ކުރެއްވުމަށް ދިވެހި ފުލުހުން އިލްތިމާސް ކުރައްވައެވެ.
މިފަދަ ފްރޯޑް މައްސަލައެއްގެ ޝިކާރައަކަށް ވެއްޖެނަމަ، ލަސްނުކުރައްވައި ދިވެހި ފުލުހުންގެ ޚިދުމަތަށް ރިޕޯޓުކުރެއްވުމަށް ދަންނަވަމެވެ.
މިހާރައަކަށް އައިސް އެކި ނަންނަމުގައި އޮންލައިން ވިޔަފާރި ހިންގަމުން ގެންދެއެވެ. މިފަދަ ބައެއް ވިޔަފާރިތަކުން ގިނަ އަދަދެއްގެ މުދާ ވިއްކުމަށް އިސްތިހާރުކޮށްފައި ހުންނަކަން ފާހަގަ ކުރެވެއެވެ.

































