މާލޭސިޓ ގައި ނަފުސާނީ ޚިދުމަތް ދެމުންދާ ސައިމާ ކެއަރ، އިން ހުޅުމާލޭގައި އެކުލިނިކުގެ ގޮތްފެއް ހުޅުވައިފިއެވެ. ސައިމާ ކެއަރ އަކީ ނަފްސާނީ ދުޅަހެޔޮކަން ރައްޔިތުންނަށް އެއް ފުރާޅެއްގެ ދަށުން ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް 2019 ވަނަ އަހަރުގެ ޑިސެމްބަރުގައި ހުޅުވި ކުލިނިކެކެވެ.
ސައިމާ ކެއަރއިން ބުނީ ހުޅުމާލެގައި ހުޅުވި، ކުލިނިކުންވެސް މާލެގައި ހުންނަ ކުލިނިކުން ފޯރުކޮށްދޭ ހުރިހާ ޚިދުމަތްތަކެއް އަވަސް މުސްތަޤުބަލެއްގައި ލިބެން ހުންނާނެ ކަމަށެވެ. އެ ކުލިނިކުން މިހާރު ދެމުންގެންދާ ޚިދުމަތް ތަކުގައި ތެރޭގައި، ކައުންސެލިންގ، ސައިކޮތެރަޕީ، ސައިކޮލޮޖިކަލް އެސެސްމެންޓް، އޮކިއުޕޭޝަނަލް ތެރަޕީ، ސްޕީޗް ތެރަޕީ، ބިހޭވިއާ ތެރަޕީ، ފަދަ ނަފްސާނީ ބަލީތަކާ ބެހޭ ގިނަ ޚިދުމަތްތައް ހިމެނެއެވެ. މީގެ އިތުރުން ސޯޝަލް މީޑިއާ އާއި ސްކޫލްތަކަށް ޒިޔާރަތްކޮށްގެން މުޖުތަމަޢު ހޭލުންތެރިކުރުމަށް ހިންގާ ޙަރަކާތައްވެސް ފާހަގަކޮށްލެވެއެވެ.
އެގޮތުން މައިންބަފައިންނާއި މުދައްރިސުންނަށް ޚާއްޞަ ސެޝަންތައް ނަގައިދިނުމާއި، ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލަތަކާ ގުޅިގެން، އަޅުގަނޑުމެންގެ މުޖުތަމަޢުގައި ފެތުރިފައިވާ އިޖްތިމާޢީ-ޖަޒްބާތީ މައްސަލަތަކަށް އަމާޒުކޮށްގެން ޚާއްޞަ ޕްރޮގްރާމްތަކެއް ހިންގައެވެ.
ސައިމާ ކެއަރގެ ހުޅުމާލެ ކުލިނިކް ހުންނާނީ ފޭސް 1 ގެ ހިތިގަސްމަގު ގޯޅި 6 އެވެ. އަދި އެ ޕޮއިންމެންޓް ހޯދުމަށް މިއަދު ފެށިގެން ކުލިނިކްގެ 3326300/9666300 ނަމްބަރު ، ގުޅައިގެން ނުވަތަ ވައިބަރ، ވަޓްސްއެޕް މެދުވެރިކޮށް އެޕޮއިންމަންޓް ހަމަޖެއްސޭނެއެވެ.
ސައިމާގެ ހުޅުމާލެ ކުލިނިކުގައިވެސް މަސަކަތް ކުރާނީ، މިދާއިރާއިން ތަޖްރިބާ ލިބިފައިވާ ފަންނީ ޢިލްމާއި ހުނަރު ލިބިލައްވައިގެން ތިއްބެވި ރާއްޖެއާއި ރާއްޖޭން ބޭރުގެ މުވައްޒަފުންނެވެ.
ސައިމާ ކެއަރ އިން އަބަދުވެސް މަސައްކަތް ކުރާނީ، މުޖުތަމަޢުގައި އެކިއެކި ގޮތްގޮތުން ނަފްސާނީ ބަލި ތަޙައްމަލު ކުރަމުންދާ މީހުންނަށް ކުރިމަތިވާ އުނދަގޫތަކަށް، އިތުބާރާއެކު ރަނގަޅު ފެންވަރެއްގެ ޚިދުމަތެއް ފޯރުކޮށްދިނުމަށެވެ. އަދި އެ ކުލިނިކުގެ އެންމެ ބޮޑު އަމާޒަކީ ވަށައިޖެހޭ ނިޒާމެއްގެ ތެރެއިން، ކްލިނިކުން ކިދުމަތް ހޯދާ ފަރާތްތަކަށް އޯގާތެރިކަމާއެކު ފަރުވާ ކުރެވޭނެ އިންތިޒާމެއް ހަމަޖައްސާ، އެ ފަދަ މާޙައުލެއްގައި މިހާރަށްވުރެވެސް ފުޅާ ދާއިރާއެއްގައި ފަރުވާދިނުމެވެ.

































