ގދ. ތިނަދޫގައި 10،000 މީހުން ހަމަނުވާ ކަމަށް ބުނެ ސިޓީގެ ދަރަޖަ އަތުލުމަށް އެދި، ދައުލަތާ ދެކޮޅަށް ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅި ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަމެންޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ރާގިބު އެ މަގާމުން ވަކިކޮށްފި އެވެ.
ރާގިބު މަގާމުން ވަކިކުރިކަން ހާމަކޮށްފައިވަނީ ރައިސްއޮފީހުގެ އިސްތަރުޖަމާނު އެކްސްކައު ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެޕޯސްތުގައި ހިއްސާކޮށްފައިވެއެވެ.
”މައްސަލައިގެ ލިޔުނަތަކުން އެނގޭގޮތުގައި ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހުގެ ސަރުކާރުން ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމުގައި ރަސްމީ އާބާދީގެ އަސްލަކަށް ބަލާފައިވަނީ އޭރުގެ ތިނަދޫ ކައުންސިލުން ހިއްސާކުރި ލިޔުންތަކުގެ މައްޗަށްކަމަށްވެއެވެ. އެ ލިޔުން ތަކުން 10،150 މީހުން ހަމަކޮށްފައިވަނީ ސައްހަ ނޫން މައުލޫމާތު ހިމަނައިގެން ކަމަށް ވެސްވެއެވެ.
ކޯޓަށް ހުށަހެޅުނު މައްސަލައިގައި، 10،000 މީހުން ހަމަކުރުމަށް ތަކުރާރުކޮށް އައިޑީކާޑު ބޭނުންކޮށްފައިވާ ކަމަށާއި، އެވަގުތު މަރުވެފައިވާ 115 މީހުން އާބާދީގައި ހިމަނާފައިވާކަން ފާހަގަކޮށްފައިވެ އެވެ. އަދި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގެ ރެޖިސްޓްރީ ލިސްޓަށް ބެލުމުން އެ އަދަދު 196 އަށް އަރާ ކަމަށް ވެސްވެ އެވެ.
އެ ލިޔުމުގައި އިތުރަށް ބުނެފައިވާ ގޮތުން ޑީއެންއާރުގެ ރެޖިސްޓްރީ ލިސްޓާއި ކައުންސިލްގެ ލިސްޓު އަޅާކިޔުމުން ބޮޑު ފަރަގެއް ފާހަގަވާންކަން ދައްކާކަމަށް ކަމަށެވެ. އިތުރަށް ލިޔުމުގައި ބުނެފައިވާ ގޮތުން މި މަހުގެ 17 ވަނަ ދުވަހާ ހަމައަށް ޑީއެންއާރުގެ ރެޖިސްޓްރީން ދައްކާ ގޮތުން ތިނަދޫގެ އާބާދީއަކީ 7،924 އެވެ.


































