މިދިޔަ ޖުލައި މަހުގެ ތެރޭގައި މާލެ ގެއަކަށް މީހަކު ވައްދައި ބަރަހަނާކޮށް، ބިރު ދައްކައި ފޭރުނު ފޭރުނު މައްސަލަގައި މިދޔަ މަހު ދައުވާކުރި މީހުންގެ މައްޗަށް ކުށް ސާބިތުވެ ޖަލަށްލާން ހުކުމްކޮށްފި އެވެ.
އެ ތިން މީހުނަންކީ މއ. މަސްފަން، ޢާއިޝަތު، 43، އާއި މއ. މަސްފަން، މުޙައްމަދު ރީހާން، 27، ގެ އިތުރުން އައްޑޫ ހިތަދޫ، ސޯމާ، ޝަފީޤު އިބްރާހީމް، 35، އެވެ.
މި ތިން މީހުންނަ ވަނީ ޖުލައި 24 ވަނަ ދުވަހުގެ ވަގުތެއްގައި، މއ. މަސްފަން ގެއަށް އެ ގޭގެ ބޮއްކެއް ބަދަލުކޮށް ދޭން އެހީވުމަށް އެދި އައިޝަތު ދިވެހި ފިރިހެނަކު ގެއަށް ވައްދައި ވައްދައި، އެ މީހާއަށް ވަޅިން ބިރުދައްކައި އޮރިޔާންކޮށް، އަނިޔާކޮށް، އޭނާގެ މޯބައިލް ފޯނު އަތުލައި ބޭންކު އެކައުންޓުން ފައިސާ ޓްރާންސްފަ ކުރުވައި އަދި އެ މީހާގެ ކޭޝްކާޑު ބޭނުންކޮށްގެން އޭޓީއެމުން ފައިސާ ނަގައިފަ އެވެ.
އެ މައްސަލައިގައި ދައުވާކުރި ދެ ފިރިހެނުންނަކީ އެ އަމަލު ހިންމުގައި އައިޝަތާ އެކީ ބައިވެރިވި މީހުންނެވެ.
އެގޮތުން ތިން މީހުންވެގެން ރަހީނުކުި މީހާ ހިފެހެއްޓުމަށް ފަހު، އޭނަ އަށް ބިރު ދައްކައިގެން އެކައުންޓުން އެހެން އެކައުންޓަކަށް 20،000ރ. ފޮނުވާފައިވާ ކަމަށާއި އަދި އަނިޔާ ލިބުނު މީހާގެ ކާޑު ބޭނުންކޮށްގެން އޭޓީއެމުން 25،000ރ. ނަގާފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އެހެންވެ މީހުންގެ މައްޗަށް ވެސް ކޮށްފައި ވަނީ އެނގި ހުރެ ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ކުށުގެ ދައުވާ އާއި އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާގެ އިތުރުން ފޭރުމުގެ ދައުވާ އެވެ. އެ ތިން މީހުން ވަނީ ކޯޓުގައި ކުށަށް އިއުތިރާ ވެސް ވެދަ އެވެ.
ފޭރުމުގެ ކުށުގެ އަދަބަކީ ނުވަ މަހާއި 18 ދުވަހަށް ޖަލަށް ލުމެވެ. އަދި އަނިޔާއެއް ދިނުމުގެ ކުށުގެ އަދަބަކީ ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމެވެ. އަދި ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ކުށުގެ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމެވެ.
އެހެންވެ ކޯޓުން މިދިޔަ ބުދަ ދުވަހު ކުރި ހުކުމުގައިވަނީތިން މީހުން ޖުމްލަ އެއް އަހަރާއި ތިން މަސް ދުވަހަށް ޖަލަށްލުމަށެވެ.

































