ވެރިކަމަށް ކުރިމަތިލުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާާޅުވެއްޖެ އެވެ.
ދާދި ފަހުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ 2028 ވަނަ އަހަރުގެ އިންތިހާބަށް ކުރިމަތިލުމަށް އެމްޑީޕީގެ 5 ވަރަކަށް ކެނޑިޑޭޓުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.
ރާއްޖޭގެ ބައެއް މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ފައްޔާޒް ވިދާޅުވީ ގިނަ ބޭފުުޅުން އެމްޑީޕީގެ ތެރެއިން ވެރިކަމަށް ވާދަކުރައްވަން ޝައުގުވެރިކަން އެބަ ހުރި ކަމަށެވެ.
އަދި އެމްޑީޕީއަކީ ވަރަަށް ގާބިލު ބޭފުޅުން ތިބި ޕާޓިއަކަށްވާތީ ވެރިކަންކުރެވޭނެ ރަނގަޅު ބޭފުޅުން އެމްޑީޕީގައި އެބަތިބި ކަމަށެވެ.
އަދި 2028 ވަނަ ވަނަ އަހަރާ ހިސާބަށްދާއިރު ރަނގަޅު ޗޮއިސްތަކެއް ނެރޭވެނެ ކަމަށް ގަބޫލުުރައްވާ ކަމަށް ވެސް ފައްުޔާޒް ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވީ ވެރިކަމަށް ކުރިމަތިލުމުގެ ޝައުުގުވެރިކަން އޭނާގެ ވެސް އެބަހުރި ކަމަށާއި އެހެން ނަމަވެސް އެއީ 2028 ގައި އެކަން ކުރަން ނިންމައިގެން ހުރުން ނޫން ކަމަށެވެ. އަދި 2028 އަށް ކުރިމަތިލުމަށް އަދި ނުނިންމަވާ ކަމަށެވެ.
ފައްޔާޒު ވިދާޅުވި މިވަގުތު ބަލަމުން މި ދަނީ އެންމެ މުހިންމު ކަމަކަށް މިހާރު މިއޮތް ސަރުކާރު ބަލި ކުރެވޭނެ ގޮތެއް 2028 އާ ހިސާބުން ވެސް އަދި އޭގެ ކުރިން ވިޔަސް ގާނޫނީ އިމުގެ ތެރެއިން ވެއްޖެއްޔާ ބަލި ކުރެވޭނެ ގޮތެއް ކަމަށެވެ. އަދި އެގޮތެއް ނުހޯދައިފި ކަމަށްވާނަމަ ރައްޔިތުންގެ މިނިވަންކަމާ އެއްކޮށް ދިވެހިރާއްޖެ ކުރިއަށްދާ ތަނެއް ނުފެންނަކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެހެންކަމުން ޕާޓީގެ ލީޑަރުކަމުގައ ހުންނަވައިގެން މި ވަގުތު އެންމެ ބޮޑަށް އިސްކަންދޭ ކަމަކީ 2028 ވަނަ އަހަރު އެމްޑީޕީިއަށް ވެރިކަން ލިބޭނެ މިސްރާބަށް ދިއުމަށް ކަންކަން ކުރުން ކަމަށެވެ.

































