އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޑޮނަލްޑް ޓްރަމްޕަށް އެމް. އެން. ޕީ ގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް މަރުހަބާ ވިދާޅުވެއްޖެއެވެ.
ޓަރަމްޕަށް މަރުހަބާ ވިދާޅުވެ، ނާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޓްރަމްޕަށް މަރުހަބާ ވިދާޅުވާ ކަމަށެވެ.
ރާއްޖެއާއި އެމެރިކާއާ ދެމެދުގައި ގާތް އެކުވެރި ގުޅުމެއް އޮންނަކަން ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނޭ ކަމަށް ވަރަށް ބޮޑަށް އުންމީދުކުރައްވާކަމަށެވެ.
އަދި ހަމަ އެހެންމެ ޑޮނާލްޑް ޓްރަމްޕަށް އަބަދަުވެސް ކާމިޔާބީއާއި ކުރިއެރުމަށް އެދިވަޑައިގަންނަވާކަމަށް ވެސް ނާޒިމް ކުރެއްވި ޕޯސްޓްގައި ވިދާޅުވިއެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ދައްކާ ގޮތުގައި މިހާތަނަށް އައިއިރު، ޓްރަމްޕަށް ވަނީ 267 އިލެކްޓޯރަލް ވޯޓު ލިބިފައެވެ. އަދި ޑިމޮކްރެޓިކް ޕާޓީގެ ކަމަލާ ހެރިސް އަށް ވަނީ 224 އިލެކްޓޯރަލް ވޯޓު ލިބިފައެވެ. ރައީސް ކަމަށް އިންތިހާބުވުމަށް ޖުމްލަ 270 އިލެކްޓޯރަލް ވޯޓު ހޯދަން ޖެހެއެވެ
އެމެރިކާގެ އިންތިހާބާ ދިމާކޮށް، އެ ގައުމުގައި ވަނީ ވަރަށް ވަރުގަދައަށް ސަލާމަތީކަންކަން ގާއިމުކޮށްފައެވެ. މި އިންތިހާބުގައި ވޯޓުލާނީ ކޮންގްރެސްގެ މަޖިލީހުގެ 435 ގޮނޑި އަދި ސެނެޓްގެ ތިންބައިކުޅަ އެއްބަޔަށެވެ. މީގެ އިތުރުން 36 ސްޓޭޓެއްގެ ގަވަރނަރުކަމަށްވެސް ވޯޓުލެވޭނެއެވެ
މި އިންތިހާބަކީ އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީ އާއި ރިޕަބްލިކަން ޕާޓީ ދެމެދު ވަރަށް ވާދަވެރި އިންތިހާބެކެވެ. މި އިންތިހާބުގެ ނަތީޖާއިން އެނގިގެންދާނީ ކުރިއަށް އޮތް 4 އަހަރު ދުވަހު އެމެރިކާގެ ސިޔާސީ މަޝްރަހު އޮންނާނެ ގޮތެވެ
ވޯޓުލާ މަރުކަޒުތަކުގައި ސެކިއުރިޓީ ވަރުގަދަ ކުރެވިފައިވާ އިރު، އިލެކްޝަން އޮފިޝަލުންނަށް އިތުރު ތަމްރީނުތައް ދެވިފައިވެއެވެ. މީގެ އިތުރުން ވޯޓު ގުނުމުގެ މަސައްކަތް ހިނގާ ތަންތަނުގައިވެސް ސަލާމަތީ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރެވިފައިވެއެވެ
ވޯޓުލުމުގެ ކުރިން ދެ ޕާޓީގެ ކެންޑިޑޭޓުންވެސް އެންމެ ފަހުގެ ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ހެރިސް އަދި ރިޕަބްލިކަން ޕާޓީގެ ފަރާތުން ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެމީހުންގެ ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ

































