އިލެކްޝަންސް ކޮމިޝަން (އީސި)ގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފިއެވެ.
މި މަޤާމަށް ކުރިމަތިލުމަށް ހުޅުވާލައްވާފައިވަނީ އެ ކޮމިޝަނުގެ މެންބަރަކު އިސްތިއުފާ ހުށަހަޅުއްވާފައިވާތީ، ހުސްވެފައިވާ މަގާމަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައެވެ.
އީސީގެ މެމްބަރުކަމުން އެންމެ ފަހުން އިސްތިއުފާ ދެއްވާފައިވަނީ އީސީގެ ރައީސްކަމާއި މެންބަރުކަން ކުރައްވަމުން ގެންދެވި މުޙައްމަދު ޒާހިދުއެވެ. މިމަހުގެ 1 ވަނަ ދުވަހު ޒާހިރު އިސްތިއުފާ ދެއްވި ނަމަވެސް، އިސްތިއުފާ ދެއްވި ސަބަބެއް ހާމަކުރައްވާފައެއް ނުވެއެވެ.
ރައީސް އޮފީހުން ވިދާޅުވި ގޮތުގައި މި ފުރުސަތު ހުޅުވާލައްވާފައިވަނީ، މިއަދުން ފެށިގެން 3 ޖޫން 2026 ވާ ބުދަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި، ކުށުގެ ރެކޯޑް ފޯމު ދޫކުރުމާއި، ފޯމުތަކާއި އިޤްރާރު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 8:30 އިން 12:00 އަށް ރައީސް އޮފީހުންނެވެ.
އިލެކްޝަންސް ކޮމިޝަނުގައި 5 މެމްބަރުން ތިއްބަވާއިރު، އެއީ އެ ކޮމިޝަންގެ ރައީސް އާއި ނައިބު ރައީސްގެ އިތުރުން އިތުރު 3 މެމްބަރުންނެވެ.


































